ފީފާ އާއި އޭއެފްސީން އެފްއޭމްގެ އިންތިޚާބު ހުއްޓުވައިފި

ފީފާ އާއި އޭއެފްސީން އެފްއޭމްގެ އިންތިޚާބު ހުއްޓުވައިފި

އެފްއޭއެމުން ކުރިޔަށްގެންދާ އެތަނުގެ އިންތިޚާބާބެހޭ ހުރިހާ ކަމެއް މިހާރުން މިހާރަށް ހުއްޓާލުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ ފީފާ އާއި އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ އޭއެފްސީން އެފްއޭއެމަށް އަންގައި އެފްއޭއެމް ހުއްޓުވައިފިއެވެ.

އޭއެފްސީން މިގޮތަށް ނިންމީ، އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި އަޙްމަދު ތޯރިގް އޭއެފްސީއަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހުއެވެ.

ފީފާ އާއި އޭއެފްސީން އަންގާފައިވަނީ މިހާރު އެފްއޭއެމްގެ އިންތިޚާބުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށާއި، ކޮންގްރެސްއެއް ބާއްވާ އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިޚާބުކުރުމާއި، އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމަށް އަދި އޭގެފަހުން އެފްއޭއެމްގެ އިންތިޚާބުގެ ޕްރޮސެސް އާ ފެށުމަކުން ފެށުމަށެވެ. އަދި  ފީފާ އާއި އޭއެފްސީން އިންތިޚާބުގެ ހުރިހާ ހަރަކާތެއް ގާތުން ބަލަމުންގެންދާނެކަންވެސް ވަނީ އަންގައިފައެވެ.

އެފްއޭއެމުން ކުރިން ތައްޔާރު ވަމުން އައީ މިމަހުގެ 31 ވަނަ ދުވަހު އިންތިޚާބު ބާއްވާށެވެ. ނަމަވެސް އިންތިޚާބުގެ ކެންޑިޑޭޓުންގެ ކަންތަކުގައި ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *