މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އުފަން ގައުމަށް ހޯދައިދޭން ވަރަށް ބޭނުން ކަމަށް ސަލާހު ބުނެފިއެވެ.
މިވަގުތު ގައުމީ ޓީމާއެކު އެފްރިކަން ކަޕަށް ގޮސްހުރި ސަލާހަށް ވަނީ އަނިޔާވެސް ވެފައެވެ. އެހެންވެ ދެން އޭނާއަށް ކުޅެވޭނީ ސެމީފައިނަލަށް މިސްރު ގޮސްފި ނަމައެވެ.
ސަލާހު ބުނީ އުފަން ގައުމަށް އެފްރިކާގެ ތަށި ހޯދައިދޭން ވަރަށް ބޭނުން ކަމަށާއި މިފަހަރު އެކަން ނުވިޔަސް ކޮންމެވެސް ދުވަހަކުން އެކަން ހާސިލް ވާނެކަމަށެވެ.