ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވުމެވެ.
މި ގަރާރުގައި ބުނެފައިވަނީ މިއީ އައްޑޫގެ ދެ ޕޯޓް ޕްރައިވެޓައިޒްކޮށް، އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުންނާއި އަދި ސަރުކާރުން ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނެސްދިނުމަށް އެދި ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ. އަދި އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުމަށާއި، އެ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި އެ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީކުރެވޭނީ އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީކޮށް، އެއަރޕޯޓާއި ސީޕޯޓާއި އަދި ޓޫރިޒަމާ ކަނެކްޓިވިޓީ އިތުރުކޮށްގެންކަމަށެވެ.
އައްޑޫ އެއަރޕޯޓާއި ސީޕޯޓް ތަރައްގީކުރުމަށް ގިނަގުނަ ހަރަދުތަކެއް ހިނގާނެކަމާއި، އަދި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ މި ދަނޑިވަޅުގައި ސަރުކާރުން މި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް ދަތިވާނެކަމަށް ބެލެވޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުވުމުން ފައިދާވާނެކަމަށް ގަބޫލުކުރެވޭ ކުންފުނިތައް ކަނޑައަޅައި އެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ދިރަސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާއިރު، އައްޑޫ އެއަރޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވަޓައިޒްކޮށްފިނަމަ އައްޑޫ ރައްޔިތުން އެދެމުންދާ ތަރައްގީ އެސަރަހައްދަށް ގެނެވޭނެ ކަމަށެވެ.
އަދި ސަރުކާރުން އައްޑޫ ސަރަހައްދަށް ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނެވި، އައްޑޫ އެއަރޕޯޓާއި ސީޕޯޓުން ސަރުކާރަށް ފައިސާވަނުން އިތުރުވެ، ކަމުގެ ގާބިލުކަން އަދި ތަޖުރިބާ ހުރި ފަރާތެއްގެ ބައިވެރިވުމާއެކު، އެ ކުންފުނިތައް ރީސްޓްރަކްޗަރކޮށް އެފިޝަންޓްވެގެންދާނެކަމަށް ބެލެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ. ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލެއް ހެދުމެވެ.