މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އެކަނިވެސް އެމްޓީސީސީން ޖުމުލަ 8 މަޝްރޫޢެއް މުޅިން ނިންމައި 15 މަޝްރޫޢެއް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމް.ޓީ.ސީ.ސީން ވަނީ މިކުއާޓާގައި ޖުމުލަ 125 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި ބަނދަރު ހެދުންމުގެ 46 މަޝްރޫޢާއި ބިން ހިއްކުމުގެ 14 މަޝްރޫޢާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 29 މަޝްރޫޢާއި އެއަރޕޯޓް ތަރައްޤީކުރުމުގެ 5 މަޝްރޫޢު ހިމެނެއެވެ.
މި ކުއާޓާގައި މުޅިންް ނިންްމާލި މަޝްރޫޢުތަކުގެ ތެރޭގައި ހއ.ހޯރަފުއްްޓާއި ހދ.ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، ނަކައްޗާ ހުރާ ފަޅު ހިއްކުމުގެ މަސައްކަތާއި ގއ.ދާންދޫ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމް.ޓީ.ސީ.ސީއަށް ލިބުނު ޢާމްދަނީވސް އޭގެކުރީ ކުއާޓަރާއި އަޅާބަލާއިރު މި ކުއާޓާގައި ވަނީ %24 އިތުރުވެފައެވެ.