ފާއިތުވެދިޔަ އަަހަރު 3.4 ބިލިއަން ރުފިޔާގެ ލޯނު އަލަށް ބީއެމްއެލް އިން ދޫކޮށްފައިވޭ

ފާއިތުވެދިޔަ އަަހަރު 3.4 ބިލިއަން ރުފިޔާގެ ލޯނު އަލަށް ބީއެމްއެލް އިން ދޫކޮށްފައިވޭ

ފާއިތުވެދިޔަ 2022 ވަނަ އަހަރު އާންމު ފަރުދުންނަށާއި ވިޔަފަރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައި ވާކަމުގައި ބޭންކު އޮފް މޯލްޑިވްސްއިން ހާމަ ކޮށްފިއެވެ.

ފާއިތުވެދިޔަ އަަހަރުގެ މާލީ ހިސާބުތައް އާންމު ކުރުމަށް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަޑަކަށް 3 ބިލިއަން ރުފިޔާ އިތުރު ވެފައިވާއިރު، ކަސްޓަމަރުން ޑިޕޮޒިޓް ކޮށްފައިވާ އަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރު ވެފައިވާ ކަމުގައެވެ.

މިގޮތުން ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ވާކަން ހާމަ ކުރަމުން ބޭންކުން ބުނެފައިވަނީ ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.48 ބިލިއަން ދިވެހި ރުފިޔާ ފައިދާގެ ގޮތުގައި ލިބިގައިވާ ކަމުގައެވެ.

2022 ވަނަ އަހަރުގެ އެންމެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް އާންމު ކުރަމުން ބޭންކުން ބުނެފައިވަނީ ޓެކުސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ އެއަހަރު ލިބިފައިވާކަމުގައެވެ. ހިންގުގެ ފައިދާގެ ފާއިތުވެދިޔަ އަހަރު ގޮތުގައި 489 މިލިއަން ފުރިޔާ ބޭންކަށް ލިބިފައި ވެއެވެ.

ބޭންކުން ބުނެފައިވަނީ މި ނަތީޖާއަކީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓުމުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް ކަމުގައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބޭންކުން ދަނީ 20 އަތޮޅުގައި 35 ބްރާންޗާއި، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރއާއި، 142 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން، 7،900 ޕޮއިންޓް އޮފް ސޭލްސް މާވޗަންޓުންގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *