އެސްއެމްއީ ކުރިއަރުވަން 1230 ފަރާތަކަށް 1.49 ބިލިޔަން

އެސްއެމްއީ ކުރިއަރުވަން 1230 ފަރާތަކަށް 1.49 ބިލިޔަން

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ސިޔާސަތުގެ ދަށުން އެސް.ޑީ.އެފް.ސީ މެދުވެރިކޮށް މިހާތަނަށް 1230 ފަރާތަކަށް 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން ވިދާޅުވިގޮތުގައި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް މިހާތަނަށް ދޫކުރި ލޯނުގެ ތެރެއިން 324.8 މިލިއަން ރުފިޔާ ހަމަޖެހިފައިވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށްކަމަށެވެ. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެސްޑީއެފްސީންއަކީ އެންމެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 18 މާރިޗު 2019 ގައި އުފެއްދި ކުންފުންޏެކެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ނުވަތަ އެސްޑީއެފްސީ އުފައްދައި، ޚިދުމަތްދޭން ފެށިފަހުން މިއަދާހަމައަށް މި ކޯޕަރޭޝަނުން ވަނީ ގިނަ އަދަދެއްގެ ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ކޯޕަރޭޝަންގެ ލޯނު ޕޯޓްފޯލިއޯގެ ތެރެއިން 2019 ވަނަ އަހަރު ޖުމްލަ 287 ފަރާތަކަށް 343,940,116 ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު 2020 ވަނަ އަހަރު ޖުމްލަ 305 ފަރާތަކަށް 420,189,707 ރުފިޔާގެ ފޯނު ވަނީ ދޫކޮށްފައިވާކަމަށެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު ކޯޕަރޭޝަންގެ ލޯނު ޕޯޓްފޯލިއޯގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ ރިކުވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ނަމުގައި އަޢު ލޯނެއް ތަޢާރަފްކޮށް އަހަރުގެ ބޮޑުބައެއްގައި ވަނީ މި ލޯނު ދޫކޮށްފައެވެ.

އެގޮތުން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ދަށުން ޖުމްލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ފޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް 685 ލޯނު ވަނީ ދޫކޮށްފައެވެ. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މިކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތައް ޚިދުމަތް ފޯރުކޮށްދީފައިވާއިރު ލޯނުގެ %33 ދޫކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނަށެވެ.

އަދި ކޯވިޑް-19 ގެ ޙާލަތުގައިވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކޯޕަރޭޝަނުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މިގޮތުން ލޯނަށް އެދި ހުށަހެޅުން ފަސޭހަކުރުމުގެ ގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދިހުށަހަޅައި، ލޯނު ކުރިއަށްގޮސްފައިވާ ހިސާބު ފަސޭހަކަމާއެކު ބެލޭނެ މަގުވަނީ ފަހިކުރެވިފައެވެ. މީގެ އިތުރުން ފޯނާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާފަރާތްތަކަށް މި ކޯޕަރޭޝަނުގެ ކޮންޓެކްޓް ސެންޓަރ 1613 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ޚިދުމަތްވަނީ ޤާއިމު ކުރެވިފައެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ކުންފުންޏެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *