ޕޯސްޓްމޯޓަމް ހެދުމުގެ ޤާނޫނީ ހައިސިއްޔަތެއް އެންއައިސީއަކަށް ނޯންނާނެ: ފައިރޫޝް

ޕޯސްޓްމޯޓަމް ހެދުމުގެ ޤާނޫނީ ހައިސިއްޔަތެއް އެންއައިސީއަކަށް ނޯންނާނެ: ފައިރޫޝް

އެއްވެސް މަރެއްގެ ޕޯސްޓްމޯޓަމް ހެދުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ލިބިގެންނުވާ ކަމުގައި ކުރީގެ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް މިމައްސަލަ ތަހުގީގް ކުރަމުންދާ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބުނެފައި ވަނިކޮށެވެ. ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައިވަނީ މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިންމުކަމަކަށްވާތީ ތަހްޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖްރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފައިރޫޝް ވިދާޅުވީ ޖިނައީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން، ޕޯސްޓްމޯޓަމް ހެދުމަށް ނިންމުމުގެ އިޚުތިޔާރު ދީފައިވާ ހަމައެކަނި މުއައްސަސާއަކީ ފުލުހުންގެ އިދާރާކަމަށެވެ. އެހެންވެ، އެފަދަ ކަމެއް ނިންމުމުގެ ބާރު އެންއައިސީއަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ)ގައި ސާފުކޮށްދޭ ފުލުހުން އޮޓޮޕްސީ ހެދުމުގެ ކުރިން ކޯޓު އަމުރެއް ހޯދަން ޖެހޭކަން. އެންމެ ބޮޑެތި މައްސަލަތަކުގައި ވެސް އެފަދަ ނިންމުމެއް ނިންމޭނީ ފުލުހުންގެ ހިދުމަތަށް އެކަނި ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.

އެންއައިސީން ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާއިރު، އޭނާގެ އާއިލާއިން ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. އަދި ޕޯސްޓް މޯޓަމް ހަދައިފިނަމަ ބޮޑީއާއި ހަވާލުނުވާނެކަމަށް ވަނީ ބުނެފައެވެ. މިމައްސަލާގައި އާއިލާއިން ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *