އެތައްބައެއްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ، ހައްލުނުވެ ގޯހުން ގޯހަށް!

އެތައްބައެއްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ، ހައްލުނުވެ ގޯހުން ގޯހަށް!

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުން އެއްކުރާ ފައިސާ ރައްކާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައްކާކޮށްފައިވާ ބަހައްޓަނީ ރައްޔިތުންނަށް ބޭންކުން ދޭ އިތުބާރެއްގެ މައްޗަށެވެ.

ސޯޝަލް މީޑިއާގައި މިފަހުން ފެނިގެންދާ ޕޯސްޓުތަކާއި ފުލުނުންނަށް ހުށަހެޅެމުންދާ މިފަދަ މައްސަލަތަކަށް ބަލާއިރު މިއީ ނުދައްކައި ތިބެވޭ ވަރަށްވުރެއް މާސީރިއަސް ޤައުމީ ބޮޑު މައްސަލައެކެވެ. ދިވެހިންގެ ބޭންކު "ބޭންކް އޮފް މޯލްޑިވްސް" އަށް ދިވެހިން ކުރާ އިތުބާރު ދެމެހެއްޓުމަކީ އެބޭންކުން ކުރަންޖެހޭނެ މަސައްކަތެކެވެ.

ދިރިއުޅުމަށް އެއްކުރާ ފައިސާ އެހެން ބޭންކުތަކުގައ ރައްކާނުކޮށް ބީއެމްއެލްގައި ރައްކާކޮށްފައި ބަހައްޓަނީ ދިވެހިންގެ ބޭންކަށް ވާތީއެވެ. ކުރެވުނު އިތުބާރާއި ޔަގީންކަމަށް ބަލައިގެންނެވެ. ނަމަވެސް މިފަހުން ބީއެމްއެލްގައި ރައްކާކޮށްފައިވާ އެކި މީހުންގެ އެކައުންޓުތަކުގައި ހުންނަ ފައިސާތައް ވީނުވީއެއް ނޭގި ގެއްލޭ މައްސަލަ ވަނީ ބޮޑުވެފައެވެ. މިމައްސަލަ ދިމާވާ އެކި މީހުން ދަނީ މިކަން ބަލައި ދިނުމަށް އާދޭހާއިއެކު ބީއެމްއެލްގައި އެދެމުންނެވެ.

މިފަދަ މައްސަލައެއް ދިމާވި މީހަކު ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ އޭނާއަށް މިމައްސަލަ ފުރަތަމަ ދިމާވީ ބީއެމްއެލް އެޕަށް ނުވަދެވިގެން ކަމަށެވެ. ޖަހާ ޕާސްވޯޓުން ނުވަދެވި އެމައްސަލަ ބީއެމްއެލްގެ ސަމާލުކަމަށް ގެނައިކަމަށެވެ. މިމައްސަލަ ހައްލުވީ ފަހުންވެސް އެކައުންޓަށް ވަދެ ފައިސާ ކަނޑަމުންދާކަން ބީއެމްއެލްއަށް ގޮސް އެތާގެ މުވައްޒިފުންނާއި ބައްދަލުކޮށް ސަމާލުކަމަށް ގެނައިކަމަށެވެ. ނަމަވެސް އެއީ ބޭންކަށް ބެލޭނެ ކަމެއް ނޫންކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ބުނެ ވަރަށް ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ މިހާރު ފުލުހުގައި އޮތްއިރު މިފަދަ އެތައް މައްސަލައެއް ފުލުހުންނަށް ދަނީ ތަހުގީގް ކުރަމުންނެވެ. އޭނާ ވިދާޅުވީ އެކައުންޓުގައި ރައްކާ ކޮށްގެން ގެންގުޅު 2 ލައްކައެއްހާ ރުފިޔާ ހަތަރު މީހެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށެވެ. މިކަންވެސް ބޭންކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

މިހާލަތު ދިމާވެފައިވާ އެތައް ބައެއްގެ ޝަކުވާ ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުންދާއިރުވެސް ބީއެމްއެލްގެ ފަރާތުން މިކަމުގައި އަޅާ ފިޔަވަޅެއް އަދި ކުރަމުންދާ މަސައްކަތެއް ހާމަކޮށްފައިނުވެއެވެ. މިއިން އެއްވެސް މީޙެއްގެ އެކައުންޓުން ގެއްލިގެން އުޅޭ ފައިސާއަށް ވީގޮތަށް އަމަލު ކުރަންވީ ގޮތެއްވެސް ބުނެ ނުދެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން މިއަހަރުގެ މިހާތަނަށް ސްކޭމް ކޯލްތަކާއި ގުޅުންހުރި 220 އަށްވުރެ ގިނަ މައްސަލަ އެއިދާރާގައި ވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލަތަކުގައި އެކި މީހުންގެ އަތުން ހަތަރު މިލިޔަން ރުފިޔާ ވަނީ އޮޅުވާލައިގެން އަތުލާފައެވެ.

އެކި ނަންބަރުތަކުން ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދުމަށް އެންމެ ގިނައިން ފޯން ކޯލްތައް އަންނަ މާފުށީ ޖަލުންކަމަށް ތަކުރާރުކޮށް ފުލުހުން ދަނީ ބުނަމުންނެވެ. ޖަލުގައި ޖޭމަރު ހަރުކުރުމާއި، އަދި ޖަލަށް ފޯނު ނުވެއްދޭ ގޮތް ހެދުމަކީ ހޯމް މިނިސްޓްރީގެ ޒިންމާއަކަށްވާއިރު މިޒިންމާ ހޯމް މިނިސްޓްރީއަށް އެންމެ ރަނގަޅަށް އަދާކުރެވިފައިވާ ތަނެއް ނުފެނެއެވެ.

ޖަލަކީ މީހަކު ކުރާ ކުށަކަށް އަދަބު ދިނުމަށް ބަންދު ކުރެވޭ ތަނަކަށްވާއިރު އެތަނަކީ ބޮޑެތި ވިޔަފާރީގެ މުއާމަލާތު ކުރާ ތަނަކަށް ވުމަކީ ދެވޭ ޖާގައަކުން ނޫނީ ނުކުރެވޭނެކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *