މިރާ ފަޅާލައި 25ރ ނެގި މީހާގެ ބަންދަށް 45 ދުވަސް

މިރާ ފަޅާލައި 25ރ ނެގި މީހާގެ ބަންދަށް 45 ދުވަސް

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދަށް 45 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެ އިދާރާ އިން ވައްކަންކުރި ކަމުގެ ތުހުމަތުގައި ޢުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ  މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯޓު ޢަމުރެއްގެ ދަށުންނެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 45 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ.

މީރާގެ ކުޑަދޮރެއް ހަލާުކޮށްލައިގެން ވަދެ އޭނާ ވައްކަން ކުރީ ފުލުހުން އެ އިމާރާތުގެ ފޯރި މަރަމުންވެސް އަންނަނިކޮށެވެ. މީރާއިން ފައިސާ ބަލައިގަތް ނަމަވެސް އެ އިދާރާއިން އެއްވެސް އިރެއްގައި ކައުންޓަރުގައި ފައިސާ ނުބަހައްޓާކަމަށް ބުނެފައިވެއެވެ. އޭނާއަށް ނެގުނީ މުވައްޒަފެއްގެ 25 ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *