މުއިއްޒުއާ މެދުގައި ރައްޔިތުންގެ އެއްވެސް އުއްމީދެއް ނެތް: ޔާމީން

މުއިއްޒުއާ މެދުގައި ރައްޔިތުންގެ އެއްވެސް އުއްމީދެއް ނެތް: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އެއްވެސް އުއްމީދެއް ނެތް ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން އައްޑޫ ސިޓީގައި ބުދަ ދުވަހުގެ ރޭ ބޭއްވި "ނިކަން ތެބެފެނެއި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ކުލަ ރީތި ހުވަފެންތަކެއް ދައްކަވައިގެން ނަމަވެސް، އެ ވާހަކަތައް ރައީސް މުއިއްޒު ހަނދާން ނައްތާލެއްވިކަމަށެވެ.

14 ހަފްތާގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ލިޔެ ނެރުނު ބޯ ފޮތުގައި ހުރި ކަންކަމުގެ ތެރެއިން، ވެރިކަމަށް 3 އަހަރު ފުރިގެންދާއިރުވެސް ޒައްރާއެއްގެ މިންވަރުވެސް ފުއްދައިފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ރައްޔިތުންނަށް ދެއްކި ހުވަފެންތައް ބިލާހަކަށްވެ، އޭރު ދެއްކެވި ވާހަކަތައް މިއަދު އަވަށްމެދުރަށް ވެފައިވާ ކަމަށާއި، ރައީސް މުއިއްޒުގެ ކިބައިން ދިވެހިން މިއަދު ކުރާ އުއްމީދެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހާލަތު ބަދަލުކޮށްގެން ނޫނީ ގައުމު ސަލާމަތް ނުވާނެ ކަމަށް ވިދާޅުވެ، ހާލަތު ބަދަލުކުރުމަށް ޕީއެންއެފާއި އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތުގައި އަތުކުރި އޮޅާލުމަށް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *