މުއްދަތު ހަމަވި ވެކްސިން ޖެހި މުވައްޒަފުން ސަސްޕެންޑްކޮށްފި

މުއްދަތު ހަމަވި ވެކްސިން ޖެހި މުވައްޒަފުން ސަސްޕެންޑްކޮށްފި

ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިން އެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ އެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމްއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މިމައްސަލާގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މުވައްޒިފުން ވަނީ މިހާރު ސަސްޕެންޑް ކޮށްފައިކަމަށެވެ. ނަމަވެސް މިމައްސަލާގައި ސަސްޕެންޑް ކޮށްފައިވަނީ ކިތައް މުވައްޒިފުންކަމެއް ހާމަކޮށްފައި ނުވެއެވެ.

އައިޖީއެމްއެޗުން މިމައްސަލާގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށެވެ. މިމައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

އައިޖީއެމްއެޗުން ބުނީ، މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ކުދިންނަށް ދީފައި ވަނީ ކޮން ކަހަލަ ވެކްސިނެއްކަން ސާފުވެފައި ނުވާއިރު، މެމްބަރު އުޝާމް ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ވެކްސިނެކެވެ. އަދި އެ އުފެއްދި ތާރީހެއްގެ ގޮތުގައި ލިޔެފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. ބެލެވޭ ގޮތުގައި އެއީ އެހޮސްޕިޓަލުން ކުދިންނަށް ދީފައިވާ ވެކްސިނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *