އަނައްނިޔާ ލީ ހެދުމެއްގެ ސަބަބުން ހޫނު ފެނަށް!

އަނައްނިޔާ ލީ ހެދުމެއްގެ ސަބަބުން ހޫނު ފެނަށް!

ބޮލީވުޑްގެ އަރަމުން އަންނަ އެކްޓްރެސް އަނައްނިޔާ ޕާންޑޭއަށް ދޭތެރެ ދޭތެރެއިން ފާޑުކިއުން އަމާޒުވެއެވެ. އޭނާ ބޮލީވުޑަށް ނުކުތުމާއެކު ފާޑުކިއުން ދިއައީ ލިބެމުންނެވެ.

އެގޮތުން އޭނާއަށް އެއްވެސް ވަރަކަށް އެކްޓްކުރަން ނޭނގޭ ކަމަށާއި ބޮލީވުޑަށް އާދެވުނީ އެއްވެސް އެކްޓުކުރުމުގެ ހުނަރެއް ހުރެގެން ނޫންކަމަށާއި ސްޓާކިޑަކަށް ވުމުން ކަމަށް ވަނީ ބުނެފައެވެ.

އަނައްނިޔާ އަކީ އެކްޓަރ ޗައްކީ ޕާންޑޭގެ އަންހެން ދަރިފުޅެވެ. އެހެންކަމުން ބާރާއި ނުފޫޒުން ބޮލީވުޑަށް އާދެވުނީ ކަމަށް ބުނެ އަބަދުވެސް ފާޑުކިޔުން އަމާޒުވެއެވެ.

އަނެއްކާވެސް އޭނާއަށް މިވަނީ ފާޑުކިއުން އަމާޒުވެފައެވެ. މިފަހަރު އޭނާ ހޫނުފެނަށް ވެއްޓުނީ ލީ ހެދުމެއްގެ ސަބަބުންނެވެ.

23 އަހަރުގެ ބަތަލާ ވަނީ ދާދިފަހުން އަޕުރްވާ މެހެތާ އަށް 50 އަހަރު ފުރުމުން ބޮޑު ޕާޓީއެއް ބާއްވާފައެވެ. މި ފާޓީއަށް ވަނީ ގިނަ އަދަދެއްގެ ސެލެބްރިޓީން ހާޒިރުވެފައެވެ. މި ޕާޓީއަށް އަނައްނިޔާ ވަނީ ކަޅުކުލައިގެ ވަރަށް ނިވާކަން ކުޑަ ހެދުމެއްގައި ގޮސްފައިއެވެ.

އެއާއެކު ގިނަބަޔަކު ވަނި އޭނާގެ ހެދުމުގެ ނިވާކަން ކުޑަ ވާހަކަ ދައްކާފައެވެ. އެއީ ޕާޓީއަކަށް ދިއުމަށް އެންމެ އެކަށީގެން ވާ ހެދުމެއް ނޫންކަމަށް ބުނެ ވަނީ ވާހަކަދައްކާފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އަނައްނިޔާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ލިގަރ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް ގެ އިތުރުން އޭނާ އަންނަނީ ފިލްމު " ކޯ ގައޭ ހަމް ކަހާ" ގެ މަސައްކަތްވެސް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *