އަމަރް ސިންގް ޗަމްކީލާގެ ބަޔޮޕިކަށް ޕަރީނިތީ

އަމަރް ސިންގް ޗަމްކީލާގެ ބަޔޮޕިކަށް ޕަރީނިތީ

ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ކުރިއަށް އޮތް ފިލްމު "ޗަމްކިލާ" އަށް ބޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ޕަރީނިތީ ޗޯޕްރާ ސޮއި ކޮށްފިކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްްމަކީ އިންޑިއާގެ ކުރީގެ ޕަންޖާބީ ލަވަކިއުންތެރިޔާ އަމަރް ސިންގް ޗަމްކީލާގެ ބަޔޮޕިކެކެވެ. އަމަރް ސިންގް އަކީ ލަވަ ކިއުމުގެ އިތުރުން ލަވަ ލިޔެ އަދި ލަވަ ކޮމްޕޯޒްވެސް ކުރި ކުޅަދާން ލަވަ ކިއުން ތެރިއެކެވެ.

1988 ވަނަ އަހަރު އަމަރް ސިންގް އާއި އޭނާގެ އަންހެނުން މަރްޖޯތާއި އެމީހުންގެ ބޭންޑްގެ ދެ މެމްބަރަކު ވަނީ މަރާލާފައެވެ. މިހާތަނަށްވެސް ފުލުހުންނަށް ވަނީ އެކަން ކުރި މީހުން އަތުލައި ގަނެވޭގޮތް ނުވެފައެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މި ފިލްމްގެ ލީޑު ރޯލަށް ދިލްޖީތު ދުސޭން ވަނީ ހަމަ ޖައްސާފައެވެ. މިއީ ޕަރީނިތީ އާއި އިމްތިޔާޒް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *