މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގުވެސް ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގުވެސް ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ޑިސަލްގެ އަގުވެސް އެކުންފުނިން ބޮޑުކޮށްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާ މިދަނޑިވަޅުގައި މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް މިއަހަރު ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.44ރ. އަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.10ރ. އަށެވެ.

މިދިޔަ މަހުގެ 14ވަނަ ދުވަހުވެސް މިފްކޯއިން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން އޭރު މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.68ރ އަށް އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 15.00ރ އަށް ވަނީ ބޮޑުކޮށްފައެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން 5 މާރިޗު އިން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80ރ އަށް ވަނީ ބޮޑުކޮށްފައެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފައިވާކަމަށެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ ސާފު ނުކުރާ ތެޔޮފީފާއެއް އުޅެނީ 118 ޑޮލަރުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *