އުޅޭލެއް ހަޑިކަމުން ކިމްގެ އާއިލާ އިން ކާންޔެ އަންފޮލޯ ކޮށްފި

އުޅޭލެއް ހަޑިކަމުން ކިމްގެ އާއިލާ އިން ކާންޔެ އަންފޮލޯ ކޮށްފި

ރެޕް ލަވަކިއުންތެރިޔާ ކަންޔޭ ވެސްޓާއި ރިއަލިޓީ ޓީވީ ސްޓާ ކިމް ކާޑޭޝަންގެ 7 އަހަރުވީ ކައިވެނީގެ ގޮށް މޮހާލުމަށް ކިމް ހުށައެޅިފަހުން ކާންޔޭ އަންނަނީ ތަފާތު އެކިކަހަލަ ހަމަނުޖެހުންތައް ހިންގަމުންނެވެ. ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ކާންޔޭ އަންނަނީ ކިމްއަށް އެއްޗެހި ކިޔައި ފުރައްސާރަ ކުރަމުންނެވެ.

އެގޮތުން ކާންޔޭ ވަނީ ކިމް އާ ގުޅޭގޮތުން ތަފާތު ވާހަކަތަައް ދައްކައި،  އެކި ކަހަލަ ސްކްރީންޝޮޓު ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ. އަދި ފަަހުން މި އެއްޗެހި ޑިލީޓް ކުރުމަށްފަހު ކިމް ގާތުން މާފަށް އެދި އަނެއްކައިވެސް ގިނަ އިރުތަކެއް ނުވެ އެ އަމަލު ތަކުރާރު ކުރެއެވެ.

އެގޮތަށް ކާންޔޭ ކަނަތައް ކުރި ކަމުގައި ވީނަމަވެސް ކިމްގެ އާއިލާ ދިޔައީ ކާންޔޭ ސޯޝަލް މީޑިއާގައި ފޮލޯކުރަމުންނެވެ. އެއީ ދެމީހުން ދެމެދުގައި އެއްބަސްވުމަކަށް ދެވި، ހަމަޖެހިގެން ދަރިންތައް ބެލުމަށް މަސައްކަތް ކުރާނެ ކަމުގެ އުއްމީދުގަ އެވެ. ކިމްގެ އާއިލާ އަކި ވަރަށް ނުފޫޒު ގަދަ އާއިލާއެކެވެ.

44 އަހަރުގެ ކާންޔޭ އާއި 41 އަހަރުގެ ކިމްގެ 7 އަހަރުގެ ކައިވެނި ރޫޅާލިއިރު މިކައިވެންޏަށް ވަނީ 4 ދަރިން ލިބިފައެވެ. ދަރިން ބެލުމުގެ ޒިންމާ އާއި ހަވާލުވެފައި ވަނީ ކިމްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *