ރިތިކްގެ އައު ލޯބިވެރިޔަކީ މިއީ!

ރިތިކްގެ އައު ލޯބިވެރިޔަކީ މިއީ!

2014 ވަނަ އަހަރު ޒަވާޖީ ހަޔާތް ނިމުމަކަށް ގެނައި ބޮލީވުޑްގެ ސުޕަސްޓަރ ރިތިކް ރޯޝަން، މިވީ ދުވަސްތަކުގެ ތެރޭގައި އެކި ތަރިންނާ ޑޭޓް ކުރަމުންދިޔަ ޚަބަރު މީޑީއާތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ޚަބަރަކަށް އެދެވޭ ޖަވާބެއް ރިތިކްގެ ފަރާތުން ލިބިފައިއެއް ނުވެއެވެ. ރިތިކަކީ ގިނަ އަންހެނުންގެ މެދުގައި މަގުބޫލު ތަރިއެކެވެ.

48 އަހަރުގެ އެކްޓަރުގެ 14 އަހަރުވީ ކައިވެނި ނިމުމަކަށް ގެނައިއިރު މި ކައިވެނިން ރިތިކަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އަދި ދެމީހުން ވަކިވި ނަމަވެސް، ކުދިންގެ މަންމަ ސުޒާން ޚާނާ މެދުވެސް، ރަނގަޅު ގުޅުމެއް އޭނާ އަންނަނީ ބާއްވަމުންނެވެ. ދާދިފަހުން ރިތިކް ވަނީ އާއިލާ އާއިއެކު ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްފައެވެ.

ރިތިކް ފެންނަނީ އުމުރަށް ވުރެ މާޒުވާން ކޮށްކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދެމަފިރިން ވަކިވުމަށްފަހު ރިތިކްގެ ނަމާއި އެކު ބައެއް އަންހެން ތަރިންގެ ނަން ގުޅުވައި ވާހަކަ ދެކެވުނު ނަމަވެސް ރިތިކް އަދި މިހާތަނަށް ދެވަނަ ކައިވެންޏަކާއި ހަމައަށް ގޮސްފައެއް ނުވެއެވެ.

މިހާރު އަނެއްކާވެސް ރިތިކްގެ ހަޔާތަށް ބައިވެރިއަކު އައިސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މިފަހަރު އޭނާގެ ހަޔާތަށް އައީ 32 އަހަރުގެ ސަބާ އާޒާދް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ އިން ވަނީ ރިތިކް އަންހެނަކާއެކު ޑިނާއެއް ނިންމާފައި އެކުގައި ނުކުމެގެންދާ ފޮޓޯއެއް އާންމުކޮށްފައެވެ. ކާކު ކަން ޔަގީން ނުވިނަމަވެސް ގިނަބަޔަކު ބުނަނީ އެއީ ސަބާ ކަމަށެވެ.

ސަބާ އާންމުގެ ތެރެއަށް އެނގިގެން ދިޔައީ ރޮމޭންޓިކް ކޮމެޑީ ފިލްމް "މުޖްސޭ ފްރެންޑްޝިޕް ކަރޯގޭ" އިންނެވެ. ސަބާއަށް ބެލުންތެރިންގެ މެދުގައި މާ ބޮޑު މަޝްހޫރު ކަމެއް އަދި ހޯދިފައެއް ނުވެއެވެ.

މި ދެމީހުން ފެނިފައިވަނީ އަތާ އަތް ޖޯޑު ކޮށްގެން ހިނގާފައި ނުކުންނަނިކޮށެވެ. މީޑިއާއިން ފޮޓޯ ނެގިކަމުގައިވިޔަސް ރިތިކް އެކަމަށް މާބޮޑު އަހަމިޔަތު ކަމެއްދީފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by yogen shah (@yogenshah_s)

މިފަދަ ހާމަކަން ބޮޑުގޮތެއްގައި ބައިވެރިޔަކާއެކު ބޭރުގައި މިފަދަ ގޮތަކަށް ރިތިކް ފެނުނު މިއީ ފުރަތަމަ ފަހަރުވެސް މެއެވެ.

ރިތިކް މިހާރު އަންނަނީ "ވިކްރަމް ވޭދާ"ގެ ހިންދީ ރިމޭކާއި "ފައިޓާ"ގެ މަސައްކަތް ކުރަމުންނެވެ. ފައިޓާ އިން ރިތިކް އާއިއެކު ފެނިގެން ދާނީ ދީޕިކާ ޕަޑުކޯންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *