ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލަނީ

ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލަނީ

ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލުމުގެ މަރުހަލާގައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އުވާލުމަށް މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2016 ވަނަ އަހަރު އުވާލުމަށް ނިންމި 6 ކުންފުންޏަކާއި، 2018 ވަނަ އަހަރު އުވާލުމަށް ނިންމި 1 ކުންފުންޏަކާއި އަދި 2019 ވަނަ އަހަރު އުވާލުމަށް ނިންމި 2 ކުންފުންޏެކެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނިތައް:
– މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް
– ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
– ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
– މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގޭން އެއަރޕޯޓް ކޮންޕެނީ ލިމިޓެޑް
– ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
– މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
– ހަޒާނާ މޯލްޑިވްސް ލިމިޓެޑް
-ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޯޕަރޭޝަން

މި ކުންފުނިތައް އުވާލުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ކުންފުނިތަކަށް ގެއްލުން ލިބި ކުންފުނިތައް ހިންގޭގޮތް ނުވުމުންނެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި 9 ކުންފުނި އުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *