އާ ލަވައިގާ ނޯރާއަކީ މާމެއިޑެއް!

އާ ލަވައިގާ ނޯރާއަކީ މާމެއިޑެއް!

ބޮލީވުޑް "އައިޓަމް ގާލް"ގެ ގޮތުގައި މީހުންގެ ލޯބި ހޯދައިފައިވާ ނޯރާ އަކީ އަބަދުވެސް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާ ތަރިއެެކެވެ.

ދާދި ފަހުން ނޯރާގެ ވާހަކަ އެއް ނޫސްތަކުން ރިޕޯޓްކުރީ އޭނާ އާއި ލަވަކިއުން ތެރިޔާ ގުރޫ ރަންދާވާއާ ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނެއެވެ. އަދި އެދެމީހުން އެކުގައި ގޯއާ ބީޗުން ފެނިގެން ގޮސްފައި ވެއެވެ. އެއީ އެމީހުންގެ ވާހަކަ ދެކެވެން ފެށުނު ހިސާބު ވެސް މެއެވެ.

ނަމަވެސް އެމީހުން އެކުގައި ގޯއާގައި އުޅުނީ ޕްރޮފެޝަނަލް މަސައްކަތެއްގައި ކަމަށްވެސް ވަނީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައެވެ. ނޯރާ ވަނީ މީގެ ކުރިން ވެސް ގުރޫ އާއިއެކު ލަވައެއް ގައި މަސައްކަތް ކޮށްފައެވެ. އެއީ މިދިއަ އަހަރު ނެރުނު "ނާޗް މެރި ރާނީ" އެވެ.

ގުރޫ އާއެކު ގޯއާގައި ނޯރާ ކޮށްފައިވަނީ ލަވައެއްގެ މަސައްކަތެވެ. މިހާރު ޝޫޓިންގ ވެސް ނިމިފައިވާ މި ލަވައަށް އަދި ނަމެއް ދީފައި ނުވިނަމަވެސް މި ލަވައިގައި ނޯރާ ފެނިގެން ދާނެ ގޮތް ވަނީ މިހާރު ދައްކައިލާފައެވެ. ނޯރާ ބުނާގޮތުގައި މި ލަވައިގައި އޭނާ ފެނިގެން ދާނީ ކުޑައިރުވެސް އެންމެ ގަޔާވާ ހެދުމުގައިއެވެ.

 

View this post on Instagram

 

A post shared by Nora Fatehi (@norafatehi)

ގުރޫވެސް ވަނީ ނޯރާ އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. ތަފާތު ކުލަ ތަކުން ޖަރީ ކޮށްފައިވާ މި މާމެއިޑް ހެދުމުގައި 15 ކިލޯ ހުންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

ނޯރާ މަޝްހޫރު ވެގެން ގޮސްފައިވަނީ "ދިލްބަރް"، "ގަރްމީ"، އަދި "އޮ ސާކީ" ފަދަ ލަވަތަކުންނެވެ. މީގެ އިތުރުން ބައެއް ފިލްމުތަކުގައި ވެސް ނޯރާގެ ރޯލުތައް ވަނީ ފެނިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *