އަދުރޭގެ ރައްދު: މިސަރުކާރުގެ މިސްރާބަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ދައުލަތުގެ ޚަޒާނާ ދަވާލުން!

އަދުރޭގެ ރައްދު: މިސަރުކާރުގެ މިސްރާބަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ދައުލަތުގެ ޚަޒާނާ ދަވާލުން!

މި ސަރުކާރުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި ވިދާޅުވުމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ފާޑުވިދާޅުވެ ރައްދު ދެއްވައިފިއެވެ.

ރޭ ފުވައްމުލަކު ގޮނޑުދޮަށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ވިދާޅުވީ،  މި ވެރިކަމުގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ތަފާތުކުރުން ނެތި މިހާރު އޮތީ ހަމަޖެހުން ގާއިމްވެފައި ކަަމަށެވެ. އެއާ އެކު ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށްދާކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ މި ސަރުކާރުގެ މިސްރާބަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލު (ޞޢވ)އަށް ހަޖޫ ޖަހައި، ގައުމުގެ މިނިވަންކަން ނަގާލައި، ގައުމު އަޅުވެތިކޮށް، ގައުމުގެ ބިމާ ކަނޑާ ވައިގެ ސަރަހައްދު ވިއްކާލާ ދައުލަތުގެ ޚަޒާނާ ދަވާލުންކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަމަލުތަކާ ހެދި "ޓިނު ނަގަން ޖެހުނީ" ޖުޑިޝަރީ ތެރެއިން "ބަޣާވާތެއް" ގެނެސް ދާހިލީ ހަމަޖެހުން ނަގާލަން އުޅުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ހުކުރު "ކޮތަރުކޮށި" ނަމުގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

ސުޕްރިމް ކޯޓުގެ ޓިނު ނެގި ކަމަށް ވަރަށް ގިނަ ބަޔަކު ބުނާ ކަމަށާއި، މި ޖަލްސާގައި ޓިނު ނެގި ނެގުމުގެ ސާފު ހަގީގަތްވެސް ވިދާޅުވެ ދެއްވަން ބޭނުންފުޅު ވާކަމުގައި ރައީސް ޔާމިން ވިދާޅުވިއެވެ.

2018 ފެބްރުއަރީ މަހުން 1 ވަނަ ދުވަސް، ދިވެހިރާއްޖެއަށް ދިމާވި އެންމެ ބޮޑު ހަނދުކޭތަ ހިފި ދުވަސް، އަޅުގަޑު ކުރިން ދަންނަވާ ކަމަށް ވަންޏާ އެއީ ޝާހީ ބަޢާވާތްފުޅެއް. ޖުޑީޝަރީތެރެއިން ގެނައި ބަޢާވާތްފުޅެއް. މިހާރު އެބާހަކަ ބައެއް ބޭފުޅުން އެބަ ދައްކަވާ، ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ވަންނަން ޖެހުނު ވާހަކަ. އޭގެ ތަފްސީލުވެއް މިރޭ އަޅުގަޑު ދަންނަވާނަން.

– ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި 1 ފެބްރުއަރީގެ އަމުރު ސުޕްރިމް ކޯޓުން ނުކުރުން އަވައްޓެރި އެއްވެސް ގައުމަކަށް އެކަމުން ދައްޗެއް ނުވިކަމަށާއި، އުދަގުލެއް ނުވި ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓިގެ ހުކުމް އައީ މިރާއްޖޭގައި ނަސްލެއް ނައްތާލަން މަސައްކަތް ކުރާތީ ނޫންކަމުގައެވެ. އަދި އެއްވެސް ގޮތަކަށް ބަޔަކަށް އަނިޔާ ކުރާތީކީވެސް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ތަފާތު ނަސްލުތަކެއް އޮވެގެން އެއް ނަސްލެއްގެ ބަޔަކު ނައްތާކަން މަސައްކަތް ކުރީކީއެއް ނޫންކަމަށެވެ. އެހެންނަމަވެސް، އަވައްޓެރި ބައެއް ގައުމުތަކުގައި އެހާލަތު އޮތީ އެގޮތަށްތޯ ރައީސް ޔާމިން ސުވާލު ކުރެއްވިއެވެ. އަދި އެގައުމުގައި މަރުވެގެން އެދަނީ، ހަލާކުވެގެން އެދަނީ ކިތައް މީހުންތޯ  ފުރާނަ ގެއްލިގެން އެދަނީ ކޮން ނަސލުތަކެއްގެ މީހުންތޯ ރައީސް ޔާމިން ސުވާލު އުފެއްދެވިއެވެ.

އެހެންކަމުން މިސަރަހައްދުގައި ރާއްޖެއާއި ދިމާލަށް އެއްޗެކޭ ބުނެވޭނެ ބައެއް ނެތްކަމުގައި ރައީސް ޔާމިން ވިދާޅުވިއެވެ. ސަބަބަކީ އެމީހުން އިންސާނީ ހައްގުތަކުގެ ރެކޯޑް ރާއްޖެއަށްވުރެ އެތައް ތަނަކުން ފަހަތުގައި އުޅޭތީ ކަމުގައިވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *