ސަރުކާރަށް ތިން އަހަރު ފުރުމުގެ ހަފްލާ މިރޭ ހުޅުމާލޭގައި

ސަރުކާރަށް ތިން އަހަރު ފުރުމުގެ ހަފްލާ މިރޭ ހުޅުމާލޭގައި

މި ސަރުކާރަށް މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން، މިރޭ ހުޅުމާލޭގައި ބޮޑު ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފަށާ އެ ޖަލްސާގައި، ތިން އަހަރުގެ ކާމިޔާބީތަކާއި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެ ކަމަށެވެ. އެ ޕްރެޒެންޓޭޝަނުގައި ކުރިއަށް ރާވާފައިވާ ކަންކަމާ ބެހޭގޮތުންވެސް ރައީސް ވިދާޅުވާނެ ކަމަށް އޮފިޝަލް ބުނެފިއެވެ.

ސަރުކާރުގެ ވީހާވެސް ގިނަ މުވައްޒަފުން ހަފްލާގައި ބައިވެރިވުމަކީ ސަރުކާރުގެ ބޮޑު އެދުމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. "ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އެންމެ ބޮޑު ބާރުވެރިންނަކީ އެ މުވައްޒަފުން. ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރީ ސަރުކާރު މުވައްޒަފުން ކަމަށްވާތީ އެ މުވައްޒަފުންގެ ބައިވެރިވުން އަޅުގަނޑުމެންނަށް މުހިންމުވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ހަފްލާ ބޭއްވީ ސޯޝަލް ސެންޓަރުގައެވެ. އެ ހަފްލާގައިވެސް ރައީސް މުއިއްޒު، ސަރުކާރުން އެކަކުނާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައި ޕްރެޒެންޓޭޝަނެއް ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *