އޮމިކްރޮންއާއި ދެކޮޅަށް ހަގުރާމަ ކުރާނެ އާ ސިޔާސަތު ބައިޑްން އިއުލާން ކުރައްވައިފި

އޮމިކްރޮންއާއި ދެކޮޅަށް ހަގުރާމަ ކުރާނެ އާ ސިޔާސަތު ބައިޑްން އިއުލާން ކުރައްވައިފި

ކޯވިޑް19އާއި ދެކޮޅަށް ހަގުރާމަ ކުރާނެ ޚާއްސަ ތާވަލެއް އިއުލާންކޮށް، މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް ހަގުރަމަ ކުރުމުގައި އެމެރިކާއިން ގެންގުޅޭނޭ ސިޔާސަތު އެގައުމުގެ ރައީސް ޖޯ ބައިޑް އިއުލާން ކުރައްވައިފިއެވެ. މިސިޔާސަތު އިއުލާން ކުރައްވަމުން ބައިޑްން ވިދާޅުވެފައިވަނީ، އޮމިކްރޮން ވޭރިއެންޓުން ކުރިމަތިވެފައިވާ އެމަރޖެންސީ ހާލަތުގެ ސަބަބުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުން މިހާރު މާޑަށްވެސް މުހިންމު ވެގެން ގޮސްފައިވާ ކަމުގައެވެ.

ކޯވިޑާ ދެކޮޅަށް ހަގުރާމަ ކުރާނޭ މުޅިން އާ ސިޔާސަތެއް ބައިޑްން އިއުލާން ކުރައްވާފައިވާއިރު، ޖަރމަނީގެ ޗާންސެލަރ އެންޖެލަ މާކަލް ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، އެގައުމުގައި ވެކްސިން ނުޖަހާ ތިބޭ މީހުން އަސާސީ ތަކެތި ވިއްކާ ފިހާރަތައް ފިޔަވާ، އެހެނިހެން ފިހާރަކަށް ވަނުން މަނާކުރެވޭނެ ކަމަށެވެ.

ސަގާފީ އަދި ރެކްރިއޭޝަންގެ ކުޅިވަރުތައް ކުޅޭ ތަންތަނަށްވެސް ވެކްސިން ނުޖަހާ ތިބޭ މީހުންނަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން، ޖާމަނީގެ ގާނޫނުހަދާ މަޖިލީހުން މިހާރުދަނީ، ވެކްސިންއާއި ގުޅޭގޮތުން އަމަލުކުރުން މަޖުބޫރު އުސޫލުތަކެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއުސޫލަށް އަމަލިކުރުމް ލާޒިމް ވެގެންދާނީ އަންނަ އަހަރުގެ ފެބްރުއަރީމަހުން ފެށިގެންނެވެ.

މީގެ އިތުރުން މިހަފްތާގެ ބުރާސްފަތި ދުވަހު، އިންޑިއާ، ފިންލޭންޑް، ނޯވޭ ވެގެން ގޮސްފައިވަނީ އެންމެ ފަހުން އޮމިކްރިން ވޭރިއެންޓަށް އެންމެ ފަހުން ފެނިގެން ގޮސްފައިވާ ގައުމުތައް ކަމުގައެވެ.

މީގެ އިތުރުން، އިގރޭސިވިލާތުން ދަނީ، ކޯވިޑާ ދެކޮޅަށް މޮނޯ ކްލޯނަލް ތެރަޕީގެ ފަރުވާ ދިނުމުގެ ހުއްދަ ދިނުމަށް ވިސްނަމުންނެވެ. މި ފަރުވާ ދިނުމަށް ހަމަޖެހިގައިވާނީ، ރިސްކު ބޮޑެތި ބަލި މީހުންނަށާއި، އަދި ކޯވިޑް19އަށް ޕޮޒިޓިވްވެ ކޮވިޑްގެ އަމާލާތްތައް އަދަޔާ ޚިލާފަށް ފެންނަ ފަރާތްތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *