"ޖާޒީ"ގެ ޓްރެއިލާ ވަރަށް އަސަރުގަދަ!

"ޖާޒީ"ގެ ޓްރެއިލާ ވަރަށް އަސަރުގަދަ!

ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ޖާޒީ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުން ޝާހިދު ފެނިގެން ދާނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމް އަކީ 2019 ވަނަ އަހަރު ހަމަ މިނަމުގައި ގެނެސް ދިން ޓެލެގޫ ފިލްމެއްގެ ރިމޭކެކެވެ. މި ދެ ފިލްމްގެ ވެސް ޑައިރެކްޓަރަކީ ގޯތަމް ތިއްނަނޫރީއެވެ.

ފިލްމް "ޖާޒީ" އިން ޝާހިދުގެ އިތުރުން މުރްނާލް ޓާކޫރް އާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރްވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. ފިލްމު އެޅުވުމަށް ނިންމާފައިވަނި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ޑިސެމްބަރު މަހުގެ 31 ގައެވެ.

2019 ވަނަ އަހަރު ޝޫޓިން ފަށައި، ކޯވިޑްގެ ސަބަބުން މިދިޔަ އަހަރު މެދުތެރޭ ޝޫޓިންގ މެދުކަނޑާލި މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާ ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މި ފިލްމަކީވެސް ޝާހިދު އެންމެ ފަހުން ފެނިގެންދިޔަ ކާމިޔާބު ފިލްމު "ކަބީރު ސިންގް" ފަދަ އަސަރުގަދަ ފިލްމަކަށް ވާނެކަން ފިލްމުގެ ޓްރެއިލާ އިންވެސް އެނގިގެންދެއެވެ.

ޝާހިދު މިވަގުތު ހުރީ އަދި ވަކި ނަމެއް ދިފައި ނުވާ އެކްޝަން ތުރިއްލާ ފިލްމެއްގެ ޝޫޓިންގައި ދުބާއީގައެވެ. އެއީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *