ޕްރިޔަންކާ އާއި ނިކްގެ ކައިވެނިވެސް ރޫޅެނީބާ؟

ޕްރިޔަންކާ އާއި ނިކްގެ ކައިވެނިވެސް ރޫޅެނީބާ؟

ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ނިކާއި ޕްރިޔަންކާގެ ކައިވެނީގެ ސިއްކަ ޖެހެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ ޕްރިޔަންކާ އިންސްޓަގްރާމް އަދި ޓްވިޓާ ހެންޑްލްގައި ބޭނުން ކުރަމުން އައި ސަރ ނޭމް ނެގުމާ ގުޅިގެންނެވެ.
ނަމަވެސް މި ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޕްރިޔަންކާގެ މަންމަ ވަނީ ބުނެފައިއެވެ. އަދި އެދެމީހުން ވަކިވާން އުޅޭ ކަމަށް ދެކެވޭ ވަހަކަތަކުގެ އެއްވެސް އަސްލެއް ނެތްކަމަސް ވެސް އޭނާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އާއި ނިކްގެ ޖޯޑަކީ ވަރަށް ލޯބިން އުޅެނުން އައި ޖޯޑެކެވެ. އަދި ގިނަ ބަޔަކު މިސާލެއްގެ ގޮތުގައި ބަލާ ދެމަފިރިން ވެސް މެއެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްފައިވަނީ ވަރަށް ކުލަގަދަ ހަފްލާއެއްގައި 2018 ވަނަ އަހަރުއެވެ. ކައިވެންޏަށް ފަހުވެސް ޕްރިޔަންކާ އަންނީ ހޮލީވުޑް އަދި ބޮލީވުޑްގެ ބޮަޑެތި ޕްރޮޖެކްޓް ތަކެއްގައި މަސައްކަތް ކުރަމުންނެވެ.
އެގޮތުން މި މަހުގެ 22 ގައި ޕްރިޔަންކާ ވަނީ އޭނާގެ ކުރިއަށް އޮތް ހޮލީވުޑް ފިލްމު "މްޓްރިކްސް" ގައި އޭނާ ފެންނާނެ ގޮތުގެ ފޮޓޯ އެއް ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ޕްރިޔަންކާ އަންނަނީ ދިގު މުއްދަތަކަށް ފަހު ބޮލީވުޑްގެ ފިލްމެއް ވެސް ކުޅުމަށް ތައްޔާރު ވަމުންނެވެ. އެއީ ފަރްހާން އަޚްތަރު ޑައިރެކްޓް ކުރާ ފިލްމް "ޖީ ލޭ ޒަރާ" އެވެ. މި ފިލްމުން ޕްރިޔަންކާގެ އިތުރުން ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ފެނިގެންދާނެއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *