ވަރިވާން އުޅޭ ވަހަކައަށް ޝިލްޕާގެ ރައްދު ތަފާތު ގޮތަކަށް!

ވަރިވާން އުޅޭ ވަހަކައަށް ޝިލްޕާގެ ރައްދު ތަފާތު ގޮތަކަށް!

ފިލްމީތަރި ޝީލްޕާ ޝެއްޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާގެ ކައިވެނީގައި ކުނި ޖެހިފައިވާކަމަށް ވާހަކަ ދެކެވެން ފެށީ، ބަރަހަނާ ފިލްމް ހަދައި އޭގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރުމާ ގުޅިގެންނެވެ.

މި ދެމަފިރިން ވަކިވާން އުޅޭ ކަމުގެ ވާހަތަށް ދޭތެރެ ދޭތެރެއިން ގަދަވަމުން ގޮސްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު އެ ދެމީހުން ތެރެއިން މީހަކު ރަސްމީކޮށް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ދެތިން ދުވަހެއ ކުރިން ވެސް މި ދެމީހުން ވަރިވާ އުޅޭ ކަމަށާއި މިހާރު ޝިލްޕާ ކޯޓަށް ވަރިވާން ހުށަހަޅާފައިވާކަމަށް ވަނީ މީޑިއާތަކުން ރިޕޯޓް ކޮށްފައެވެ. ނަމަވެސް މިފަހަރު ޝިލްޕާގެ ފަރާތުން މިވަނީ މި ވާހަކަތަކަށް ރައްދުދީފައެވެ.

ކައިވެންޏަށް 12 އަހަރު ވުމާއި ގުޅިގެން ޝިލްޕާ ވަނީ އިންސްޓަގްރާމްގައި ކައިވެނި ކުރި ދުވަހުގެ ހަދާންތަށް އާކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ އެމީހުންގެ ގުޅުން ދުވަހަކައްވުރެ ދުވަހެއް ދަނީ ބަދަހިވަމުން ވަރުގަދަ ވަމުން ކަމަށެވެ. އަދި އުފާވެރި ވަގުތާއި ހިތާމަވެރި ވަގުތުގައި ވެސް އެކަކު އަނެއްކަކާއި އެކުގައި ވާނެކަމަށް ބުނެފައިއެވެ.

ރާޖާއި ޝިލްޕާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. މި ކައިވެނިން އެދެމީހުންނަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިއެވެ. އެއީ ވިއާން ރާޖް ކުންދުރާ، 9، އާއި އެއް އަހަރުގެ ސަމީޝާ ޝެޓީ ރާޖް ކުންދުރާ އެވެ. ސަމީޝާ އަކީ ސަރޮގޭޓް ކޮށްގެން ހޯދި ކުއްޖެކެވެ. ޝިލްޕާގެ ކުރިން ރާޖް ކުރި ކައިވެންޏަށް ވެސް އަންހެން ދަރިޔަކު އެބަ ހުއްޓެވެ. އެއީ ޑެލީނާ ކުންދުރާ، 15، އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *