ހޫތީ ހަގުރާމަވެރިން ވަގަށް ނަގާފައިވާ ޔަމަނުގެ މޮޑެލް، 5 އަހަރަށް ޖަލަށް ލާން ހޫތީންގެ ކޯޓަކުން ހުކުމް ކޮށްފި

ހޫތީ ހަގުރާމަވެރިން ވަގަށް ނަގާފައިވާ ޔަމަނުގެ މޮޑެލް، 5 އަހަރަށް ޖަލަށް ލާން ހޫތީންގެ ކޯޓަކުން ހުކުމް ކޮށްފި

އިރާނުން އެހީތެރިވެދޭ ހޫތީ ހަނގުރާމަވެރިން ވަގަށް ނަގާފައިވާ، ޔަމަނުގެ މޮޑެލްކުރާ އަންހެން ކުއްޖެއް ކަމަށްވާ، އުމުރުން 20 އަހަރުގެ އެންޓިސާރު އަލް ހައްމާދީ 5 އަހަރަށް ޖަލަށްލާން ހޫތީންގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އާދީއްތަ ދުވަހު އޭނާ ޖަލަށްލާން ޔަމަނުގައި ހޫތީން ކޮށްޓްރޯލްކުރާ ސަރައްދުގައި ހުންނަ ކޯޓަކުން ހުކުމް ކުރިއިރު، ހޫތީން އޭނާ ހައްޔަރު ކޮށްގެން ގެންގުޅޭތާ 8 މަސްދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.

ޔަމަނުގެ ގާނޫނީ ފަރާތްތަކާ ހަވާލާދީ އަލް އަރަބިއްޔާ ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހޫތީން ހައްޔަރު ކޮށްފައިވާ އެންޓިސާރު އަލް ހައްމާދީއާއި އޭނާގެ އެހެން އެކުވެރިއެއްގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، ޔަނަމުގެ ވެރިރަށް ސަނާގެ ހުޅަގުގެ ސަރަހައްދެއްގައި ހުންނަ ކޯޓަކުންނެވެ.

މި ދެމީހުން ހޫތީން ހައްޔަރު ކޮށްފައިވަނީ، ދެމީހުން އެކީ ފޮޓޯ ސެޝަނެއްގައި ބައިވެރިވުމަށް ދަނިކޮށް، މިއަހަރުގެ ފެބްރުއަރީމަހުގެ 20ވަނަ ދުވަހުއެވެ.

އަދި މީގެ އިތުރުން ހޫތީންވަނީ، ސަނާގެ އެޕާރޓަމަންޓަކުން އިތު ދެ އަންހެނަކުވެސް ހައްޔަރު ކޮށްފައެވެ. އެ ދެމީހުންގެ މައްޗަށް ވަނީ ހަށިވިއްކި ކަމުގެ ކުށް ސާބިތުވެ، އެކަކުގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް އަދި އަނެއް އަންހެން މީހާގެ މައްޗަށް 1 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަލް ހައްމާދީގެ ގާނޫނީ ވަކީލުންނާ ހަވާލާދީ ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތަހުގީގުކުރި ފަރާތްތަކުންވަނީ، އޭނާއަށް އަނިޔާކޮށް އަދި އަގަބަހުންވެސް އޭނާއަށް ފުރައްސާރަ ކޮށްފައެވެ.

އަލް ހައްމާދީގެ ގާނޫނީ ވަކީލުންނާ ހަވާލާދީ ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތަހުގީގުކުރި ފަރާތްތަކުންވަނީ، އޭނާއަށް އަނިޔާކޮށް އަދި އަގަބަހުންވެސް އޭނާއަށް ފުރައްސާރަ ކޮށްފައެވެ.

އަދި ނަސްލީގޮތުން ތަފާތުކޮށް، އޭނާ ކަނު ބަނުމަށްފަހު ލިޔެކިޔުންތަކުގައި ސޮއިކުރުމަށް މަޖުބޫރު ކުރުވާ، އަދި އޭނާއަކީ ބިކުރު ވެރިއެއްތޯ ބެލުމަށް ގަދަކަމުން ޓެސްޓު ކުރާނެކަމުގެ އިންޒާރުވެސް ޕްރިސެކިއުޓަރުން ދީފައިވާކަމަށްވެސް ބީބީސީއިން ރިޕޯޓު ކޮށްފައި ވެއެވެ.

މީގެ ކުރިން ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވަނީ، އިރާނުން އެއްބާރުލުންދޭ ހޫތީ އަލް ހައްމާދީއާމެދު އަމަލް ކުރަމުންދަނީ ވަރަށް ބޭއިންސާފުން ކަމުގައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފައިވަނީ، އަލް ހައްމާދީއަށް އެތައް ކުށަކަށް އެއްބަސްވުމަށް މަޖުބޫރު ކުރުވާފައިވާ ކަމަށެވެ. އޭގެތެރޭގައި އޭނާ ޑްރަގް ގެންގުޅުނުކަމުގެ ތުހުމަތާއި އަދި ހަށިވިއްކިކަމުގެ ތުހުމަތުވެސް ހިމެނޭކަމަށްވެސް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފައި ވެއެވެ.

ޔަމަނުގެ ބައްޕައަކާއި އިތިއޯޕިއާގެ މަންމައަކަށް އުފަން ޒުވާން އަންހެން ކުއްޖެއް ކަމުގައިވާ އަލް ހައްމާދީވަނީ މޮޑެލްއެއްގެ ގޮތުގައި 4 އަހަރު މަސައްކަތް ކޮށްފައެވެ. އަދި އޭގެ އިތުރުން އޭނާވަނީ 2020ވަނަ އަހަރު ޔަމަނުގެ 2 ޓީވީ ސީރީސްއެއްގައިވެސް އެކްޓް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *