ބާގްޔަޝްރީ ފިލްމީ ދާއިރާއާ ދުރުގައި ހުންނަން ޖެހުނު ސަބަބު ހާމަކޮށްފި

ބާގްޔަޝްރީ ފިލްމީ ދާއިރާއާ ދުރުގައި ހުންނަން ޖެހުނު ސަބަބު ހާމަކޮށްފި

މީގެ ތިރީސް އަހަރުކުރިން "މޭނޭ ޕިޔާރް ކިޔާ" އިން މަގްބޫލުކަންހޯދި ފިލްމީ ތަރި ބާގްޔަޝްރީ ފިލްމީ ދާއިރާއާ ދުރުގައި ހުންނަން ޖެހުނު ސަބަބު އޭނާ ހާމަކޮށްފިއެވެ.

"މޭނޭ ޕިޔާރްކިޔާ" އިން ބެލުންތެރިންގެ ހިތްތައް އަތުލި ބާގްޔަޝްރީ ވަނީ އެ ފިލްމުން ފިލްމު ފެއަރ އެވޯޑުވެސް ހޯދާފައެވެ. ނަމަވެސް ކާމިޔާބު އެއް ފިލްމަށްފަހު ބެލުންތެރިން ހިތްހަމަ ޖެހޭވަރުގެ އެކްޓިންގ އެއް ނުދެއްކުނު ބާގްޔަޝްރީ ފަހުން ވަނީ ފިލްމުތަކުގެ ސަޕޯޓިންގ ރޯލުތައްވެސް ކުޅެފައެވެ. މީގެ އިތުރުން ސައުތު އިންޑިއަން ފިލްމުތަކާއި ބޯޖްޕުރީ އަދި މަރާޓީ ފިލްމުތައް އޭނާ ވަނީ ކުޅެފައެވެ. ނަމަވެސް ހިންދީ ފިލްމަކުން އޭނާ އެންމެ ފަހުން ފެނުނީ ސުނިލްޝެޓީ އާއެކު 2010 ވަނަ އަހަރު "ރެޑް އެލާޓް" އިން ނެވެ.

ދާދިފަހުން ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން އޭނާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއާ ދުރަށް ޖެހުނު ސަބަބު ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދިމާވި ސިއްހީ ހާލަތަކަށްފަހު އޭނާގެ އެއް އަތް ހަރަކާތް ނުކުރަން ފެށިއެވެ. އަދި އެކަމުން އެއްކޮށް އަރައިގަތުމަށް އަހަރަކަށްވުރެ ގިނަދުވަސް ހޭދަވިކަމަށް ބާގްޔަޝްރީ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Bhagyashree (@bhagyashree.online)


އަދި ފާއިތުވި އަހަރުތަށް ވެސް އޭނާ ބޭކާރުކޮށް ނުލާކަމަށާއި، ކެއިން ބުއިމާއި ކަސްރަތާއި ފިޓްނަސްގެ ދާއިރާއިން ކިޔަވައި، ގިނަ ކަންތައްތަކެއް އޭނާ ދަސްކޮށްފައި ވާކަމަށްވެސް ބާގްޔަޝްރީ ވަނީ ބުނެފައެވެ. އަދި އަތަށް ދިމާވި ސިއްހީ މައްސަލާގައި ސަރޖަރީ ހެދުމަށް ޑޮކްޓަރުން ބުނި ނަމަވެސް އޭނާ އެކަމަށް ޖެހިލުންވުމުން ސާޖަރީއެއް ނުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އަތަށް ދިމާވި މައްސަލަ ފަސޭހަވެ ރަނގަޅުވީ އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. ބާގްޔަޝްރީ ބުނީ އެކަމުގެ ސަބަބުން ޑޮކްޓަރުންވެސް ތިބީ ހައިރާން ވެފައި ކަމަށެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއާ 10 އަހަރުގެ ދުރުގައި ހުރުމަށްފަހު 52 އަހަރުގެ ބާގްޔަޝްރީ ދާދިފަހުން ވަނީ ކަންގަނާގެ ފިލްމު "ތަލައިވީ" އިން އަނބުރާ ބޮލީވުޑަށް ނުކުމެފައެވެ. އަދި މިހާރު އޭނާ އިންތިޒާރުކުރަމުންދަނީ މިހާރު މަސައްކަތް ނިންމާފައިވާ ފިލްމު "ރާދޭ ޝިޔަމް" ސިނަމާތަކަށް އަންނާނެ ތާރީހަކަށެވެ. މި ފިލްމު ސިނަމާތަކަށް ގެނައުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ޖަނަވަރީ 14 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *