ޗައިނާގެ ކޯވިޑްގެ ހާލަތު އާންމުކޮށްގެން ޖަލަށް ލާފައިވާ ނޫސްވެރިޔާ މާގިނަ ދުވަހަކު ދުނިހޭގެ ނުހުރެދާނެ: އާއިލާ

ޗައިނާގެ ކޯވިޑްގެ ހާލަތު އާންމުކޮށްގެން ޖަލަށް ލާފައިވާ ނޫސްވެރިޔާ މާގިނަ ދުވަހަކު ދުނިހޭގެ ނުހުރެދާނެ: އާއިލާ

ދުނިޔޭގައި ކޯވިޑް ފެތުރެންފެށި ދުވަސްވަރު، ޗައިނާގެ ވުހާންގެ ކޯވިޑްގެ ހާލަތު އާންމު ކޮށްގެން 4 އަހަރަށް ޖަލަށް ލާފައިވާ ނޫސްވެރިޔާ، ދިގު މުއްދަތެއް ވަންދެން ކުރަމުންދާ ބަނޑުހައި ހޫނުގެ ހަޅުތާލުގެ ސަބަބުން، މާގިނަ ދުވަހަކު ދުނިޔޭގައި ނުހުރެދާނެ ކަމުގައި އޭނާގެ އާއިލާއިން ބުނެފިއެވެ.

ކުރީގެ ލޯޔަރެއް ކަމުގައިވާ ޒަން ޒަހާން، 38، ޗައިނާ ސަރުކާރުން ހައްޔަރު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ މޭމަހުއެވެ. އަދި އެއަހަރުހގެ ޑިސެމްބަރުމަހު އޭނާއަށް ހުކުމް ކޮށްފައިވަނީ، "ޒުވާބު ކުރުމާއި، އަދި ހަމަ ނުޖެހުން އުފެއްދުމުގެ" ކުށުގައެވެ. މިއީ، ޗައިނާގެ ސިޔާސީ މީހުންގެ ޖަލަށްލާން އާންމުކޮށް ކޮށްއުޅޭ ތުހުމަތެކެވެ.

ޒަން ޒަހާން އެންމެ ފުރަތަމަ ވޫހާންއަށް ގޮސްފައިވަނީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ އޭރު ކޯވިޑް ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް ފެތުރެންފެށި ސިޓީއެވެ. އަދި ފެބްރުއަރީމަހު އޭނާވަނީ، ޗައިނާގެ އޮތޯރިޓީތަކުން ކޯވިޑް މެނޭޖުކުރަމުންދިޔަ ގޮތް ވޫހާން ސިޓީން ރިޕޯޓު ކޮށްފައެވެ.

ޒަން ޒަހާންގެ ބޭބެ ޒާންގ ޖޫ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، "އޭނާގެ އިސްކޮޅު ހުރީ 177 ސެންޓި މީޓަރު، އަދި 40 ކިލޯ، އޭނާ ވަރަށް ގޮތް ދޫނުކުރާނެ. އަހަރެންނަށް ހީވަނީ، އަންނަ ފިނި މޫސުމާއެކު، އޭނާ މާގިނަ ދުވަހަކު ދުނިޔޭގައި ނުހުރެދާނެ ކަމަށް."

"އަހަރެން އުއްމީދުކުރަން ދުނިޔެއިން އޭނާގެ މަތިން ހަނދާން ކުރާނެކަމަށް،" ޒަން ޒަހާންގެ ބޭބެގެ ޓުވީޓުގައި ބުނެފައި ވެއެވެ.

އޭނާ ޖަލަށްލާފައިވާ ލުމާއި ދެކޮޅަށް އިހުތިޖާޖް ކުރުމުން ގޮސް، އޭނާގެ ބަރުދަން 40 ކިލޯއަށްވުރެ ދަށްވުމުގެ ސަބަބުން، މިއަހަރުގެ ޖުލައިމަހު އޭނާ ހޮސްޕިޓަލުގައި އެޓްމިޓް ކޮށްފައި ވެއެވެ. އަދި އޭނާގެ ނޭފަތަށް ހޮޅިއެއް ލައްވައިގެން ކާންދީފައިވި ނަމަވެސް، އޭނާގެ ގާނޫނީ ވަކީލުންނަށް އޭނާގެ މިހާރުގެ ހާލަތެއް އެގިފައެއް ނުވާކަމަށް އޭއެފްޕީން ރިޕޯޓު ކޮށްފައި ވެއެވެ.

އެއޭފްޕީން ބުނެފައިވާ ގޮތުގައި، ޒަން ޒަހާން ބެހެއްޓިފައި ހުންނަ ޝަންގހާއި ޖަލުންވެސް އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާކަމުގައެވެ. އަދި އޭނާގެ މަންމަ ވަނީ އޭއެފްޕީއަށް އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދާފައެވެ.

އެހެންނަމަވެސް، ޒަން ޒަހާންގެ ބޭބެ ޖޫ އޭނާގެ ދައްތަގެ ހާލަތު ޓުވިޓަރގައި ބަޔާން ކުރުމާއެކު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަނެއްކާވެސް ދަނީ އޭނާ މިނިވަން ކުރުމަށް ޗައިނާ ސަރުކާރަށް ގޮވާލަމުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޒަން ޒަހާންއަކީ ޖަލަށް ލެވިގެންވާނެ މީހެއް ނޫންކަމަށާއި، މިހާރު އޭނާ ޖަލުގައި މަރުވެދިއުމުގެ ނުރައްކާ އެބައޮތް ކަމުގައެވެ.

ޒަހާންގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައިވަނީ، ފާއިތުވެދިޔަ ނޮވެމްބަރު މަހުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، "ޓޭކްސްޓް މެސެޖްތައް މެދުވެރި ކޮށްގެންނާއި، ވީޑިއޯއާއި ވީޗެޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކޮށްގެންނާއި އަދި ޓުވިޓަރ ޔޫޓިއުބް މެދުވެރިކޮށްގެން ނުރަގަޅު މައުލޫމާތު ފެރުމުގެ" ދައުވާ ހިމެނެއެވެ.

އަދި މީގެއިތުރުންވެސް، ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދިނުމުގެ ކުށުގެ އިތުރުން، ވޫހާންގައި ފެތުރެމުންދިޔަ، ކޮރޯނާ ވައިރަހާއިގުޅޭ ދޮގުމައުލޫމާތު ފެތުރުމުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލިފައި ވެއެވެ. ޕްރޮސެކިއުޓަރުން އޭނާގެ މައްޗަށް އިއުވުމަށް އެދުނީ 4 އަހަރާއި 5 އަހަރާއި ދެމެދުގެ ހުކުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *