60%އާއި ހަމައަށް މުއްސަދި ކޮށްފައިވާ ޔޫރޭނިއަމްގެ ސްޓޮކް 25 ކިލޯއާއި ހަމައަށް އިތުރު ކޮށްފައިވާކަން އިރާނުން ހާމަ ކޮށްފިއެވެ.
އިރާނުގެ ދައުލަތުގެ މީީޑިއާއިން މި ހަފްތާގެ ހުކުރުދުވަހު މިކަން އިއުލާން ކުރުމާއި ގުޅިގެން، މިހާރުވެސް އެތައް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ، 2015 ވަނަ އަހަރުގެ ނިއުލިއަރ އެއްބަސްވުން އަލުން އާކުރުމާއި ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތު ވުންތައް އިތުރަށް ފުޅާވެގެން ދާނެކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
2015ވަނަ އަހަރު ދުނިޔޭގެ ބާރުގަދަ 7 ގައުމަކާއެކީ އިރާނުންވީ ނިއުކުލިއަ އެއްބަސްވުމުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަކިވުމާއި ގުޅިގެން އަމަލުކުރުން ހުއްޓުމަކަށް އައިސްފައިވާ މިއެއްބަސްވުން، އެމެރިކާގެ މިހާރުގެ ރައީސް ބައިޑްންގެ ސަރުކާރުން އަލުން ފަށަން ބޭނުންވުމާއި ގުޅިގެން ކުރިޔަށްދާ މަޝްވަރާތައް ހުއްޓުމަކަަށް އައިސްފައި އޮތުމަށްފަހު މިމަޝްވަރާތައް މިމަހުގެ 29ވަނަ ދުވަހު އަލުން ވިއެނާގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
އެހެންނަމަވެސް، ހުޅަގުގެ ގައުމުތަކުން ބުނެފައިވަނީ، އެމެރިކާއިން އެއްބަސްވުމުން ވަކިފަހުން، އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދޭނެ މިންވަރާއި ގާތަށް ޔޫރޭއިނިއަމް މުއްސަދިކުރުން އިތުރު ކުރަމުންދާތީ، ނިއުކުލިއަރ އެއްބަސްވުން އަލުން މުރާޖައާ ކުރެވިދާނެ ކަމާމެދު އޮތް އުއްމީދު ފަނޑުވެފައިވާ ކަމުގައެވެ.
"މިހާރު އަހަރެމެން މިވަނީ 25 ކިލޯގްރާމްގެ ޔޫރޭނިއަމް %60އާއި ހަމައަށް މުއްސަދި ކޮށްފައި. މިއީ، ނިއުކުލިއަރ ހަތިޔާރު ހުރި ގައުމުތައް ފިޔަވާ އެހެން ގައުމަކަށް މިހާތަނަށް ޔޫރޭނިއަމް މުއްސަދި ކުރެވިފައިވާ މިންވަރެއް ނޫން،" އެޓޮމިކް އެނާރޖީ އޯގަނިޒޭޝަން އޮފް އިރާންގެ ތަރުޖަމާން ބެހްރޫޒް ކަމާލްވަންޑިއާއި ހަވާލާދީ އިރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިރާނުން މީގެ ކުރިން ބުނެފައިވަނީ، ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް އެގައުމުން ބޭނުން ނުވާކަމަށާއި، އެގައުމުގެ ބޭނުނަމަކީ، އާންމު ބޭނުންތަކަށް ނިއުކުލިއަރ ހަކަތައް އުފެއްދުން ކަމުގައެވެ. އަދި 2015ގެ އެއްބަސްވުމާއި ޚިލާފަށް ޔޫރޭނިއަމް މުއްސަދި ކުރާކުރުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުން އަބުރާ އިއާދަ ކުރެވިދާނެކަމަށްވެސް އިރާނުންވަނީ ބުނެފައެވެ.