ޗައިނާގެ އާބާދީގެ %76އަށް ކޯވިޑް ވެކްސިން ދީ ނިންމައިފި

ޗައިނާގެ އާބާދީގެ %76އަށް ކޯވިޑް ވެކްސިން ދީ ނިންމައިފި

މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ އާބާދީގެ %76 އަށް ކޯވިޑް ވެކްސިން ދީ މިހާރު ނިންމާފައިވާ ކަމުގައި، އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަރުޖަމާން މި ފެންގ އާދީއްތަ ދުވަހު ވިދާޅު ވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ވިދާޅުވީ، ޗައިނާގެ 1.412 ބިލިއަން މީހުންގެ އާބާދީގެ 1.068 ބިލިއަން މީހުންނަށް މިހާރު ކޯވިޑ19 ވެކްސިން ދީ ނިންމާލެވިފައި ވާކަމުގައެވެ.

މިގޮތުން އޮކްޓޯބަރު 23ގެ ނިޔަލަށް، ޗައިނާގައި 2.245 ޑޯސްގެ ކޯވިޑް ވެކްސިން ދީފައިވާ ކަމުގައި ރަސްމީ ހިސާބުތަކުން ދައްކައެވެ.

ޗައިނާއިން މިހާރުދަނީ، މީގެ 6 މަސްކުރިން ކޯވިޑް ވެކްސިން ދިން ފަރާތްތަކަށް ބޫސްޓަރ ޑޯޒު ދެމުންނެވެ. މީގެތެރެއިން އެންމެ އިސްކަމެއް ދެމުން ދަނީ، ޚާއްސަ މަސައްކަތްތައް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ދިފާއީ ނިޒާމުގެ ބާރު ދަށް މީހުންނެވެ.

ޗައިނާއިން ވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކުގައި ކޯވިޑް ކޮންޓްރޯލް ކޮށްފައެވެ. އަދި އެހެން ގައުމުތަކާ އަޅާބަލާއިރު، ޗައިނާގައި ކޯވިޑް ކުއްލިއަކަށް ފެތުރެމުންދާ ނިސްބަތްވަނީ ވަަރށް ބޮޑުތަނުން މަދުވެފައެވެ.

އެހެންމަވެސް، މި ވަނީ، ޗައިނާގެ 11 ޕްރޮވިންސެއްގައި 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާތީ، ޗައިނާގައި އަދިވެސް ވައިރަސް ފެތުރިގެން ދިއުމުގެ ނުރައްކާ އޮތް ކަމުގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *