އެމެރިކާއިން ޓައިވާން ހިމާޔަތް ކޮށްދޭނެ: ބައިޑްން

އެމެރިކާއިން ޓައިވާން ހިމާޔަތް ކޮށްދޭނެ: ބައިޑްން

ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ދެކޭ ޓައިވާނަށް އުދުވާނީ ހަމަލާއެއް ދީފި ހާލަތެއްގައި ޓައިވާން ހިމާޔަތް ކޮށްދޭނެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ބުރާސްފަތި ދުވަހު ވިދާޅު ވެއްޖެއެވެ.

ސީއެންއެންއިން ބޭއްވި ޓައުން ހޯލް ބައްދަލު ވުމެއްގައި ތައިވާން ހިމާޔަތް ކޮށްދޭނެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ބައިޑްން ވިދާޅުވެފައިވަނީ "އާއެކޭ" ކަމުގައެވެ. "އެއީ އަހަރެމެންގެ ވައުދެއް."

އެހެންނަމަވެސް، ބައިޑްންގެ މި ސްޓޭޓްމަންޓް ބެލެވިފައިވަނީ، އެތައް ޒަމާނެއް ވަންދެން އެމެރިކާއިން ދަމަހައްޓަމުން އައި ސިޔާސަތު ކަމުގައިވާ، ޓަވާން ދިފާއީގޮތުން ވަރުގަދަ ކޮށްދީ، އެހެންނަމަވެސް، ޗައިނާއިން ޓައިވާނަށް ހަމަލާ ދީފި ހާލަތެއްގައި ޓައިވާނަށް ސިފައިން ފޮނުވައިގެން އެގައުމު ދިފާއު ކޮށްދޭނެ ކަން މުޅި ސާފު ނުކޮށްދީ އޮންނަ އޮތުމާއި ފުށުއަރާ ޖަވާބެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަތާތަކުން ބުނެއެވެ.

ބައިޑްންވަނީ، އޭނާ ABC ނިއުސް ޗެނަލްއަށް ދިން އިންޓަވިއުއެއްގައިވެސް މީގެ ކުރިން މި މޭރުމުން ވާހަކަ ދައްކަވާފައެވެ. މި އިންޓަވިއުގައި ބައިޑްން ވިދާޅުވެފައިވަނީ، އެމެރިކާއިން އަފްއާނިސްތާން ދޫކޮށް ދިޔަނަމަވެސް، އަބަދުވެސް ގާތް އެކުވެރިން ހިމާޔަތް ކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓައިވާންވެސް ހިމެނޭކަމަށް ބައިޑްން ވިދާޅުވެފައި ވެއެވެ.

މި ބަސްދީގަތުމުގައި ބައިޑް ވިދާޅުވެފައިވަނީ، ނޭޓޯގެ އެކުވެރި ގައުމުތައް ކަމުގައިވާ ކެނެޑާއާއި ޔޫރަޕް، އަދި ޖަޕާންވެސް ހިމެނޭ ގޮތުން އަދި ހަމަ އެއާއެކު ސައުތު ކޮރެއާއާއި ޓައިވާންވެސް ހިމާޔަތް ކޮށްދޭނެ ކަމުގެ ވައުދު އެމެރިކާއިން ވެފައިވާ ކަމުގައެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ރިޕޯޓަރުންނަަށް މައުލޫމާތު ދެމުން ތަކުރާރުކޮށް ވިދާޅުވެފައިވަނީ، ޓައިވާނާ ގުޅޭގޮތުން އެގައުމުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *