އެންމެ ކުޑަ އުޖޫރައަކަށް 5،000 ރުފިޔާ ކަނޑައަޅައި މިނިސްޓްރީގެ ލަފަޔަކަށް

އެންމެ ކުޑަ އުޖޫރައަކަށް 5،000 ރުފިޔާ ކަނޑައަޅައި މިނިސްޓްރީގެ ލަފަޔަކަށް

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭނީ 5000 ރުފިޔާ އަދި އެންމެ ބޮޑު އުޖޫރައެއްގެ ގޮތުގައި ދެވޭނީ 8900 ރުފިޔާ ކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީއަށް ލަފައަކަށް އެދިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 59 ވަނަ މާއްދާ އާއި 62 ވަނަ މާއްދާގައި ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ޤާނޫނުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފައެއް މިމަހުގެ ފަސް ވަނަ ދުވަހު ވަނީ އެދިފައެވެ.

މިގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ފޮނުއްވާފައިވާ ލަފާގައިވާ ގޮތް:

1. ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިޞްބަތުން، ޤާނޫނުގައި ގައި ބަޔާންކުރާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން)، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިޞްބަތުން، މަހެއްގެ މައްޗަށް -/5,000 ރުފިޔާ

2. ޕްރައިވެޓް ސެކްޓަރގައި، މެދު ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިޞްބަތުން، (ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން)، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިޞްބަތުން، މަހެއްގެ މައްޗަށް -/7,000 ރުފިޔާ

3. ޕްރައިވެޓް ސެކްޓަރގައި، ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، (ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން)، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިޞްބަތުން، މަހެއްގެ މައްޗަށް -/8,900 ރުފިޔާ

4. ޕަބްލިކް ސެކްޓަރގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް -/5,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ. ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ލަފައެއް ދިނުން؛ އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދިނުން.

މިނިސްޓްރީން ބުނެފައިވަނީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މި މިނިސްޓްރީން ދިރާސާކުރަމުންގެންދާ ކަމަށާއި، މި ދިރާސާއަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި ޢާންމުކުރާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *