އުމްރާއަށް ދެވޭނީ ދެ ޑޯޒްގެ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމުގައި ސައުދީން ހަމަޖައްސައިފި

އުމްރާއަށް ދެވޭނީ ދެ ޑޯޒްގެ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމުގައި ސައުދީން ހަމަޖައްސައިފި

މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން، އުމްރާކުރުމުގެ ހުއްދަ ދެވޭނީ ކޯވިޑް19 ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ސައުދީ އަރަބިއާއިން ހަމަޖައްސައިފިއެވެ.

ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމު ކޮށްފައިވާ ގޮތުގައި މިއުސޫލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ 11ވަވަ ދުވަސްކަމުގައިވާ އާދީއްތ ދުވަހުގެ ހެދުނު 6:00 އިން ފެށިގެންނެވެ.

މިނިސްޓްރީން އާންމު ކޮށްފައިވާ ގޮތުގައި، ވެކްސިން ޖެހުމަށް ރިޒަރވޭޝަން ހަދާފައިވާ ފަރާތްތަކަށް އުމްރާކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ކަމުގައެވެ. މިގޮތުން އުމްރާ ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ދެ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކުން ދޫކުރެވިފައިވާ އުމްރާ ހުއްދާގައިވާ ތާރީޚްގެ 48 ގަޑިއިރު ކުރިން ވެކްސިްނގެ ދެވަނަ ޑޯޒް ފުރިހަމަކޮށް ނިންމަން ޖެހޭނެ ކަމަށްވެސް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަ ކޮށްފައި ވެއެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަ ކޮށްފައިވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކާ އަޅަމުންދާ ފިޔަވަޅުތައް ބިނާވަނީ ސައުދީގެ ޕަބްލިކް ހެލްތު އޮތޯރިޓީން ހާލަތު ދެނެގަތުމަށްފަހު، ކޯވިޑްގެ ހާލަތަށްއ އަންނަމުންދާ ބަދަލުތަކުގެ މައްޗަށްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *