އަފްއާނިސްތާނުގެ ބޯޑަރުތައް ހިމާޔަތް ކުރުމަށް ޖާނުންފިދާވާ ލަޝްކަރެއް އެކުލަވާލައިފި

އަފްއާނިސްތާނުގެ ބޯޑަރުތައް ހިމާޔަތް ކުރުމަށް ޖާނުންފިދާވާ ލަޝްކަރެއް އެކުލަވާލައިފި

ފާއިތުވެދިޔަ އޮގަސްޓުމަހުގެ 15 ވަނަދުވަހު އަފާއާނިސްތާން އެޖަމާއަތުގެ ބާރުގެ ދަށަށް ގެނައި ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގެ ބޯޑަރުތައް ދިފާއު ކުރުމަށްޓަކާ ޖާނުންފިދާވާ ލަޝްކަރެއް އެކުލަވާލައިފިއެވެ.

ތާލިބާން ޖަމާއަތުން މިގޮތުން އެކުލަވާލި ބޮމުގެ ހަމަލާ ދީގެން ޖާނުން ފިދާވާ ބެޓޭލިއަންއަސް ދީފައިވާ ނަމަކީ، "ލަޝްކަރޭ މަންސޫރީ" އެވެ.

މިގޮތުން އެކުލަވާލި ލަޝްކަރު މިވަގުތު ރުކުރުވާލާފައިވަނީ އަފްއާނިސްތާންގެ ބަދަޚްޝާން ޕްރިވިންސްގެ އިރު އިތުރުން ޗައިނާ އަދި ތަޖިކިސްތާން ބޯޑަރުކައިރީގައެވެ.

އަފްއާނިސްތާން އަސްކަރިއްޔާގެ މިޚާއްސަ ބެޓޭލިއަން އެކުލަވާލުމާއި ގުޅެގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު މުއްލާ ނާސިރު އަހުމަދު އަހުމަދީ ވިދާޅުވެފައިވަނީ މި ލަޝްކަރު ރުކުރުވާލެވޭނީ އަފްއާނިސްތާންގެ ބޯޑަރުގައި ކަމުގައެވެ.

"މި ބެޓޭލިއަން އަށް ދީފައިވާ ނަމަކީ، ލަޝްކަރޭ މަންސޫރީ "މަންސޫރު އަސްކަރިއްޔާ"، އަދި މިލަޝްކަރު ރުކުރުވާ ލެވޭނީ އަފްއާނިސްތާނުގެ ބޯޑަރުގައި. މި ލަޝްކަރަކީ އަފްއާނިސްތާނުގެ ކުރީގެ ސަރުކާރުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާތައް ދިންގޮތަށް ޖާނުން ފިދާވާން ތައްޔާރަށް އޮންނާނެ ލަޝްކަރެއް،" އަހުމަދީ ވިދާޅުވެފައި ވެއެވެ.

"މި ބެޓޭލިއަންގެ ހިތްވަރުން ނޫންނަމަ އެމެރިކާގެ އަސްކަރިއްޔާ އަފްއާނިސްތާނުގައި ބަލި ނުކުރެވުނީސް. މި ހިތްވަރުގަދަ މީހުން ވަނީ، ގޮވާތަކެތި ހަރުކޮށްފައި ހުންނަ ޖެކެޓްތައް ލައިގެން ގޮސް، އަފްއަނިސްތާނުގައި ހުރި އެމެރިކާގެ ބޭސްތަކުގައި އަމިއްލަ ހަށިގަޑުގޮއްވާލާފަ. މިއީ އެއްވެސް ކަމަކަށް ބިރު ނުގަނެ، އެމީހުންގެ ނަފްސު ﷲއަށްޓަކާ ގުރުބާން ކުރާ މީހުން،" އަހުމަދީ ވިދާޅުވެފައި ވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ލަޝްކަރޭ މަންސޫރީގެ އިތުރުން ބަދުރީ 313 އަކީވެސް އެންމެ ފަހުގެ ހަގުރާމަ މަތީ ހަތިޔާރުތައް ދެވިފައިވާ ތާލިބާން ޖަމާއަތުގެ ބެޓޭލިއަންއެކެވެ. އަދި މި ބެޓޭލިއަން ބަލަހައްޓަމުންދަނީ އަފްއާނިސްތާނުގެ އެއަރޕޯޓެވެ. އަދި ލަޝްކަރޭ މަންސޫރީފަދައިން ބަދުރި 313 ވެސް އެކުލެވުގެންވަނީ ޖާނުންފިދާވާ ހަގުރާމަވެރިންގެ މައްޗަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *