2023ގައި ސައުދީ އަރަބިއާގެ ބަޖެޓް އަރަނި ވެގެންދާނެ

2023ގައި ސައުދީ އަރަބިއާގެ ބަޖެޓް އަރަނި ވެގެންދާނެ

ސައުދީ ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު އެގައުމުގެ ބަޖެޓް އަރަނި ބަޖެޓަކަށް ވެގެން ދިއުންކަމުގައި، ސައުދީ ސަރުކާރުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

ސައުދީ އަރަބިއާގެ ސަރުކާރުން މިހާރު އަންދާޒާ ކުރާ ގޮތުގައި، އަންނަ އަހަރު އެގައުމަށް 240.8 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިގެން ދާއިރު، އެގައުމުގެ ބަޖެޓް ޑެފިސިޓް 13.9 ބިލިއަން ޑޮލަރަށް ދަށްވެގެން ދާނޭ ކަމަށްވެސް ސައުދީ ސަރުކާރުންވަނީ އަންދާޒާ ކޮށްފައެވެ.

މީގެ އިތުރުން ސައުދީގެ ފިނޭންސް މިނިސްޓްރީން މިހާރު އުއްމީދު ކުރަމުންދަނީ 2022 ވަނަ އަހަރު އެގައުމުގެ އިގްތިސާދު 7.5އިން ކުރި އަރައިގެންދާނެ ކަމަށެވެ.

ސައުދީ އަރަބިއާގެ މިއަހަރުގެ ބަޖެޓް ޑެފިސިޓް ވެގެން ދިޔައީ، 22.6 ބިލިއަން ރުފިޔާއިންނެވެ. މިއީ ކުރިން އަންދާޒާ ކޮށްފައިވާ 37.6 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

ސައުދީ ސަރުކާރުން މިހާރު އަންދާޒާ ކުރަމުންދަނީ 2023 ވަނަ އަހަރު، އެގައުމުގެ ބަޖެޓްގެ ދަރަނި ނައްތާލެވި، އެހަރަކީ ބަޖެޓް އަރަނިވާން ފަށާނެ އަހަރުކަމުގައި ވެގެންދާނޭ ކަމުގައެވެ. އަދި އެއަހަރުގެ ބެޖެޓް 7.2 ބިލިއަން ޑޮލަރުން އަރަނި ވެގެން ދާއިރު، ޖެހިގެން އަންނަ އަހަރު ބަޖެޓް 11.2 ބިލިއަން ޑޮލަރުން އަރަނިވާނެ ކަމަށްވެސް ސައުދީ ސަރުކާރުން މިހާރު ދަނީ ލަފާ ކުރަމުންނެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ، އަންނަ އަހަރު ބަޖެޓުން ޚަރަދުވާނެކަމަށް ބެލެވެނީ 255 ބިލިއަން ޑޮލަރެވެ. އަދި މިއީ މިއަހަރު ޚަރަދު ކުރެވޭނެކަމަށް ކުރިން އަންދާޒާ ކޮށްފައި 1 ޓްރިލިއަން ރިޔާލްއަށްވުރެ ދަށް އަދަދެއްކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *