އައްބާސަށް ފާޑު ކިޔަމުންދިޔަ ނިޒާރުގެ މަރުގެ ތުހުމަތުކުރެވޭ ފަލަސްތީނު ސެކިއުރިޓީ އޮފިސަރުންގެ ޝަރީއަށް ފަށައިފި

އައްބާސަށް ފާޑު ކިޔަމުންދިޔަ ނިޒާރުގެ މަރުގެ ތުހުމަތުކުރެވޭ ފަލަސްތީނު ސެކިއުރިޓީ އޮފިސަރުންގެ ޝަރީއަށް ފަށައިފި

ހައްޔަރުގައި ހުއްޓާ މަރުވެފައިވާ، ފަލަސްތީނު އޮތޯރިޓީއަށް ފާޑު ކިޔަމުންދިޔަ އެކްޓިވިސްޓް ނިޒާރު ބެނެޓްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، ފަލަސްތީނުގެ 14 ސެކިއުރިޓީ އޮފިސަރުންގެ ޝަރީއަތް ފަލަސްތީނުގެ މިލިޓަރީ ކޯޓެއްގައި ފަށައިފިއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަސް ވަރަށް ބޮޑަށް އޭރު ފާޑު ކިޔަމުންދިޔަ ނިޒާރު ބެނެޓް މަރުވެފައިވަނީ، މިއަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހު، ފަލަސްތީނުގެ ސެކިއުރިޓީ އޮފިސަރުން އޭނާ ހައްޔަރުކުރިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. އަދި ނިޒާރުގެ މަރާގުޅިގެން، އިންސާނީ ހައްގުތަކަށް ގޮވާލާ ޖަމާއަތްތަކުން ފަލަސްތީން އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްއަށް ކިޔަމުންދާ ފާޑިކިޔުންތައް ވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. އަދި މި ޖަމާއަތްތަކުން ބުނާގޮތުގައި މަހުމޫދު އައްބާސްއަށް ފާޑކިޔާމީހުން، ހުޅަގު އައްސޭރީގައި ހިފާ ހައްޔަރު ކުރުމަކީ އާންކަމެއް ކަމުގައެވެ.

އެހެންނަމަވެސް، މަހުމޫދު އައްބާސްވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ނިޒާރު ބެނެޓް މަރުވުމަށްފަހު ހަދާފައިވާ އޮޓޯޕްސީން ދައްކާފައިވަނީ އޭނާ މަރުވެފައިވަނީ ދަގަޑުބުރިތަކުން އޭނާގެ ބޮލުގައާއި އަދި ހަށިގަޑުގެ އެތަން މިތަނުގައި ތެޅުމުގެ ސަބަބުން ކަމުގައެވެ.

ހިފާފައިވާ ހުޅަގު އައްސޭރީގައި އޮންނަ ފަލަސްތީން އޮތޯރީޓީން ބުނެފައިވަނީ، ނިޒާރަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމަށްޗަށް ގެންނާނޭ ކަމުގައެވެ.

މިހަފްތާގެ ހޯމަދުވަހު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ނިޒާރުގެ މަރުގެ ތުހުމަތު ކުރެވޭ އޮފިސަރުންވަނީ ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ. މި އޮފިސަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ހަތިޔާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި، އަދި އަސްކަރީ އަމުރުތަކާއި ޚިލާފްވުމުގެ ދައުވާއެވެ.

އެހެންނަމަވެސް، ނިޒާރުގެ އާއިލާއިން ބުނެފައިވަނީ، އޭނާގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ، ފަލަސްތީނު އޮތޯރިޓީގެ ވެރިންކަމުގައެވެ. އަދި ތުހުމަތު ކޮށްފައިވަނީ، ފަލަސްތީން އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްއާއި، އަދި އޭނާގެ ބޮޑު ވަޒީރު މުހައްމަދު ޝަތައްޔެ ޒިންމާތަކުން ބަރީޢަވާން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އުމުރުން 43 އަހަރުގެ ބެނެޓްއަކީ، ފަލަސްތީނު އޮތޯރިޓީގެ ތެރޭގައި އޮތް ކޮރަޕްޝަނަށް ފާޑު ކިއުމުގެ އިތުރުން، ދާދިފަހުން ފަލަސްތީނުގައި ބޭއްވުމަށް ނިންމި އާންމު އިންތިޚާބު ލަސްކުރި ކުރުމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުން އައި، އެކްޓިވިސްޓެކެވެ. އަދި މީގެ އިތުރުން އޭނާ ގެންދިޔައީ، ދާދިފަހުން ފަލަސްތީން އޮތޯރިޓީން އިސްރާއީލާއެކު ވި ކޯވިޑް19 ވެކްސިން އެކްސްޗޭން ޕްރޮގްރާމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އޭނާ ވަނީ،  ފަލަސްތީން އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް ދާދިފަހުން، ބޭއްވުން ލަސްކުރި، އާންމު އިންތިޚާބުގައި ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގައި ވާދަކުރާނެކަންވެސް އިއުލާން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *