އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގައިފި

އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގައިފި

އިނގިރޭސިވިލާތުގެ ގްރީން ލިސްޓުގައި ރާއްޖެ މި ފަހަރުވެސް ނުހިމެނުމަށް އެ ގައުމުން ނިންމައިފި އެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ވެކްސިންގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީގެ ސަބަބުން ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިވާނެ ކަމަށް މިފަހަރު އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

ރާއްޖެއާ ސިޔާސީ ގުޅުން ވަރުގަދަ މި ސަރުކާރާ ގާތް އެންމެ ދުވަސްވީ ޓޫރިޒަމް މާކެޓު ކަމަށްވާ އިނގިރޭސިވިލާތުން ވަނީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ދަތުރުކުރަން ރައްކާތެރި މަންޒިލްތަކުގެ ލިސްޓު އަލުން އައުކޮށްފައެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ ރަތް ލިސްޓުން މިނެގީ ރާއްޖެ އިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފާއިތުވި ދެމަސް ދުވަހު ވެސް ދަށަށް ދިއުމުން ވެސް ރަތް ލިސްޓުން އުނިނުކުރުމުން އެކަމާއި ގުޅިގެން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިނގިރޭސި ސަރުކާރުން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 8 ގައުމެއް ރެޑް ލިސްޓުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ރާއްޖެ ހިމެނޭއިރު ދެން ހިމެނެނީ ކެންޔާ އާއި ޕާކިސްތާން އާއި ތުރުކީ އާއި މިސްރުގެ އިތުރުން އޮމާން އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ.

ރެޑް ލިސްޓުން ރާއްޖެ ނެގުމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ އިނގިރޭސި ފަތުރުވެރިންނަށް ރާއްޖެ އައުމަށް ދައުވަތު އަރުވާފައެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް އަށް ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *