ޝިލްޕާ މިހާރު ބޭނުންވަނީ ރާޖް ކުންދުރާއާއި ވަކިން އުޅެން!

ޝިލްޕާ މިހާރު ބޭނުންވަނީ ރާޖް ކުންދުރާއާއި ވަކިން އުޅެން!

ބަރަހަނާ ފިލްމްގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތުގައި ރާޖް ކުންދުރާ ޖުލައި 23 ގައި ހައްޔަރު ކުރުމާއި ގުޅިގެން ޝިލްޕާ ޝެއްޓީގެ ދިރިއުޅުމަށް ދިޔައީ ރާޅަކަށްފަހު ރާޅެއް ބިންދަމުންނެވެ.

ރާޖް ޖަލަށް ލުމާއި ޝިލްޕާ ބޮޑު ސްކްރީނަށް އެބުރި އައި ފިލްމް "ހަންގާމާ 2″ ރިލީޒް ކުރުން އެއްދުވަސް ކޮޅަކާއި ދިމާވުމާއި ގުޅިގެން ފިލްމަށް ލިބިގެން ދިއައީ ފިނި ތަރުހީބެކެވެ. މީގެ އިތުރުން ޝިލްޕާ ޖަޖުކަން ކުރަމުން ގެންދި "ސުޕަ ޑާންސަރ" ޝޯވ ވެސް އޭނާ އަތުން ބީވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެއާއެކު ބޮލީވުޑުން ޝިލްޕާ އެކަހެރި ކޮށްފައިވާކަމުގެ އަޑުތަކެއްވެސް އިވިގެން ދިޔައެވެ.

މި ހުރިހާ ކަމެއްހެ ތެރެއިން ޝިލްޕާ އާއި އޭނާގެ މަންމަގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ތަކެއްވެސް ކުރެވިގެން ދިޔައެވެ. ޝިލްޕާ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން ދިއައީ ރާޖްގެ ވިޔަފާރީގައި އޭނާގެ އަތެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ރާޖް ކުރާކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައި ނުވާކަމުގައެވެ.

މި ކަންތައްގަނޑުން މަޑުމަޑުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ޝިލްޕާ ވަނީ އޭނާ އާއި ރާޖްއާ ވަކިވާން ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ވަރިވާން ބޭނުންވާ ކަމަށް ބުނެފައެއް ނުވެއެވެ.

ނަމަވެސް ރާޖްއާ ނުލައި އޭނާގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް ޝިލްޕާ މިހާރު ނިންމާފައި ވާކަަށް ރިޕޯޓްތައް ބުނެއެވެ. އަދި ރާޖްގެ ފައިސާގައިވެސް ނުޖެހުމަށް އޭނާ ނިންމާފައިވާކަމަށް ޚަބަރު ލިބެއެވެ. ރާޖްގެ ގިނަ އެކައުންޓުތަކެއް ވަނީ ފްރީޒް ކޮށްފައެވެ.

ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މިހާރު ޝިލްޕާ ބޭނުންވަނީ އޭނާ އަމިއްލައަށް ހޯދާ ފައިސާއިން ދިރިއުޅޭށެވެ. ޝިލްޕާ އަކީ ޓިވީ ޝޯވ ތަކުންނާއި ބްރޭންޑްތައް އެންޑޯޒް ކޮށްގެން ބޮޑު އާމްދަނީއެއް ލިބޭތަރިއެކެވެ. މީގެ އިތުރުން އޭނާ އަކީ ބައެއް ވިޔަފާރީތައް ވެސް ހިންގާ މީހެކެވެ. އަދި މިހާރު އަލުން ފިލްމް ކުޅެން ފެށުމާއެކު ވެސް އޭނާގެ އާމްދަނީ އިތުރު ވެގެންދާނެއެވެ. ޝިލްޕާގެ ކުރިއަށް އޮތް ފިލްމަކީ "ނިކަންމާ" އެވެ.

ޝިލްޕާ އާއި ރާޖް ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި އެމީހުންނަށް ވަނީ ދެ ކުރިންވެސް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *