ކުދި، އަދި މެދުފަންތީގެ ވިޔަފާރި ދަނީ ބިދޭސީންގެ އަތްދަށުވެ ފުޑުފުޑުވަމުން: ސައުދު

ކުދި، އަދި މެދުފަންތީގެ ވިޔަފާރި ދަނީ ބިދޭސީންގެ އަތްދަށުވެ ފުޑުފުޑުވަމުން: ސައުދު

ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާއި ކުދި އަދި މެދުފަންތީގެ ފިޔާރިތައް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަތްދަށުވެ ފުޑުފުޑު ވަމުން ކަމުގައި ޓްރޭޑް ޔޫނިއަންގެ ނާއިބުރައީ ސައުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ބިދޭސީން އަތްގަދަކޮށް، ބިދޭސީންގެ ނުފޫޒު ފަދަވަމުންދާތީ ތަކުރާރުކޮށް އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ބޭފުޅެކެވެ. ސައުދު ވިދާޅުވީ ބިދޭސީންގެ ބާރު ކުފދި ވިޔަފާރިތަކުގައި ގަދަވުުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ އަށް ބޮޑު ލޮޅުމެއްއަރައި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް ސައުދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގައި މައިތަނބު ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ގޮސް ދިވެހީންގެ ބާރު ކެނޑުމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާ. އަދި ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް ބޮޑު ލޮޅުމެއް އަރާނެ ކަމެއް. މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ.

– ސައުދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް މިކަމުގެ ކަންބޮޑުވުން ސައުދުވަނީ އެކި ފޯރަމްތަކުގައި ފާހަގަކޮށްފައެވެ. ސައުދު ވިދާޅުވެފައިވާ ގޮތުގައި މިމައްސަލައަކީ ސަރުކާރުން އެޑްރެސް ކުރަން ޖެހޭ މައްސަލައެއް ކަމަށާއި، ފަތުރުވެރިކަމުގައި ސިނާއަތު ރެގިއުލޭޓް ކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ޒިންމާދާރު ކަމާއެކީގަ، ހެދިފައިވާ ގަވާއިދާ ގާނޫނުގެ ތެރެއިން މިކަންކަން ބެލެހެއްޓޭނަމަ، މިހިސާބަށް މިމައްސަލަ ނައީސްކަމުގައިވެސް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންވެސ،ް ޓީޗަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންވެސް ކޮންމެވެސް ދިވެއްސަކާ ގުޅިގެން މިވިވިޔަފާރިތައް ކުރަމުންދާ ކަމަށާއި، މިހާލަތުގައި މިވިޔަފާރިތަކުން ލިބޭ އާމްދަނީ ވަންނަނީ ދިވެހި މީހާގެ އެކައުންޓަށްކަމެއް ނުވަތަ ބޭރުމީހުންގެ އެކައުންޓަށްކަމެއްވެސް ޔަގީންކުރެވޭނެ ގޮތެއް ނެތްކަމުގައެވެ.

ސައުދުވިދާޅުވި ގޮތުގައި، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިއުސޫލުން ބޭރު މީހުންނަށް ވަނުމުގެ ފުރުސަތު ލިބިގެންދަނީ، ހެދިފަ ހުރިހާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރެވިގެން ކަމަށާއި، މިއީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *