ލޯބިވެރިޔާގެ ތޮފި ވަގަށް ނަގައި، އާލިއާ މުޅި ދުނިޔެއަށް އެކަން އަންގައިފި

ލޯބިވެރިޔާގެ ތޮފި ވަގަށް ނަގައި، އާލިއާ މުޅި ދުނިޔެއަށް އެކަން އަންގައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ގެ ތޮފި ވަގަށް ނަގައި މުޅި ދުނިޔެއަށް އެކަން އަންގައިފިއެވެ.

މިދިޔަ ބުދަ ދުވަހު އިންސްޓަގްރާމުގައި އާލިއާ ހިއްސާ ކުރި ފޮޓޯއެއްގައި އޭނާ ފެނިގެންދަނީ ކަޅުކުލައިގެ ތޮތްޕެއް އަޅައިގެން އިންދައެވެ. އަދި ތޮފީގައި "ހައި އޭސް ޔުއާ އެކްސްޕެކްޓޭޝަން" ލިޔެފައިވާ އިރު އާލިއާ ޕޯސްޓު ގައި ބުނެފައިވަނީ "އޭނާ މަތިން މާ ބޮޑަށް ހަދާންވާނަމަ އޭނާގެ ކޮންމެސް އެއްޗެއް ވަގަށް ނަގާ"، އަދި ގިނައިން ސެލްފީ ނަގާށޭއެވެ.

ތޮތްޕާއި އެއްކުލައިގެ ޓީޝާޓެއްގައި އާލިއާ އިށީނދެލައިގެން އިނީ ބެލެވޭ ގޮތުގައި އެނާ ދާދިފަހުން ބަދަލުވި ގޭގައިއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ ގެއަކީ ރަންބީރާއި އާލިއާ އެކުގައި އުޅެމުންދާ ގެއެކެވެ.

 

View this post on Instagram

 

A post shared by Alia Bhatt ☀️ (@aliaabhatt)

މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގާތްގަޑަކަށް 3 އަހަރު ވެދާނެއެވެެ. އަދި ދެމީހުންގެ އާއިލާއިން ވެސް މި ގުޅުމާއި ވަރަށް ގަބޫލެވެ. ދޭތެރެ ދޭތެރެއިން މިދެތަރިން ކައިވެނީގެ ޚަބަރުތަކުގެ އަޑުވެސް ގަދަ ވެއެވެ. އަދި ދެއާއިލާއިން އެކުހައި ނަގާފައި ހުންނަ ފޮޓޯތަށް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއެވެ.

ރަންބީރާއި އާލިއާ އެކުގައި ފެނިގެން ދާ ފުރަތަމަ ފިލްމު "ބްރަހަމަސްތުރާ"ގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. މި ދެތަރިންގެ ފޭނުން މިހާރު އިންތިޒާރު ކުރަމުންދަނީ މި ފިލްމް އަޅުވާނެ ދުވަހަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *