އަލިޔާ 26 އަހަރުގައި ކައިވެނި ކުރަން ބޭނުންވޭ: ޚުޝީ

އަލިޔާ 26 އަހަރުގައި ކައިވެނި ކުރަން ބޭނުންވޭ: ޚުޝީ

ޑައިރެކްޓަރ އަނޫރާގް ކަޝްޔަޕްގެ އަންހެން ދަރިފުޅު އަލިޔާ ކަޝްޔަޕް 26 އަހަރުގައި ކައިވެނި ކުރަން ބޭނުންވާ ކަމަށް އަލަޔާގެ އެންމެ ގާތް އެކުވެރިޔާ ޚުޝީ ކަޕުރު ބުނެފިއެވެ. ޚުޝީ މިކަން ހާމަކޮށްފައިވަނީ އަލިޔާގެ ޔޫޓިއު ޗެނަލްގެ "ވީލޮގް"އެއް ގައެވެ.

އަލިޔާ ވަނީ މިހާރު ސޯޝަލް ޕްލެޓްފޯމް ތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ ޗެލެންޖެ "ހޫ ނޯސް މީ ބެޓާ" ޗެލެންޖުގައި އޭނާގެ އެންމެ ގާތް ރަހުމަތެރިޔާ ޚުޝީ ކަޕޫރާއި ލޯބިވެރިޔާ ޝޭން ގްރެޖޯ އާއި އެކުގައި ބައިވެރިވެފަ އެވެ. މި ޗެލެންޖުގައި އަލިޔާގެ ޕާސަނަލް ގިނަ ވާހަކަ ތަކަށް ވަނީ ޖަވާބު ލިބިގެން ގޮސްފަ އެވެ.

އަލިޔާ އާއި އޭނަގެ އާއިލާއާ އެކުގައި ވަގުތު ހޭދަކުރުމަށް ޝޭން މި ވަގުތު ހުރީ އިންޑިއާގަ އެވެ. އަދި އޭނާ އުޅެމުން ދަނީ އަލަޔާ އާއިއެކު އެ ގޭގަ އެވެ. އަލިޔާ އަންނަނީ އެ ދެމީހުން އެކުގައި ހޭދަކުރަމުންދާ ވަގުތުތައްވެސް މި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ގެނެސްދެމުންނެވެ.

އަލިޔާއެކޭ އެއްފަދައިން ޚުޝީވެސް މި ވަގުތު ހުރީ ޗުއްޓީގައި މުމްބާއީގަ އެވެ. އަލިޔާ އާއި ޚުޝީ އަކީ އެކުގައި އެމެރިކާގައި މަތީ ތައުލީމު ހާސިލްކުރަމުންގެންދާ ދެ އެކުވެރިންނެވެ.

ޚުޝީ ކަޕޫރަކީ ޒުވާން ތަރި ޖާންވީ ކަޕޫރުގެ ކޮއްކޮއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *