ތަފާތު ޕޯސްޓަކާއި އެކު ދީޕިކާ އެނބުރި ސޯޝަލް މީޑިއާއަށް!

ތަފާތު ޕޯސްޓަކާއި އެކު ދީޕިކާ އެނބުރި ސޯޝަލް މީޑިއާއަށް!

މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަޑުކޯން ސޯޝަލް މީޑިއާއިން ނެގި ބްރޭކް ނިމުމަކަށް ގެނެސްފި އެވެ. ދުވަސްކޮޅަކަށް ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށްފަހު ދީޕިކާ އެނބުރިއައިސް، ވަނީ އޭނާގެ ފޭނުން ހެއްވާލާފަ އެވެ.

2 މަހެއްހާ ދުވަހު އިންސްޓަގްރާމާ ދުރުގައި ހުރުމަށްފަހު އިއްޔެ ކޮށްފައިވާ ޕޯސްޓުގައި ދީޕިކާ ވަނީ "އެކްސްޕެކްޓޭޝަން ވާސަސް ރިއަލިޓީ"ގެ އެއް ދައްކާލާފަ އެވެ. އޭނާ ހިއްސާކޮށް ފައިވާ 2 ފޮޓޯއިން އެއް ފޮޓޯއިން އޭނާ ފެންނަނީ ކަޅުކުލައިގެ ޖިމް ވެއާއެއްގައި ޔޯގާ ޕޯސްއެއް ޖައްސަނިކޮށެވެ. އަދި އަނެއް ފޮޓޯއިން ދީޕިކާ ފެންނަނީ ހުދުކުލައިގެ ކްރޮޕް ޓޮޕަކާއި ޑެނިމް ޖިންސެއްގައި ސޯފާއެއްގައި ނިދާފައި އޮންނަ މަންޒަރެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

މި ފަހުން ދީޕިކާގެ ކައިވެނީގެ ފޮޓޯތަކެއް ވެސް ވަނީ ވައިރަލް ވެގެން ގޮސްފަ އެވެ. މީގެ ކުރިން ނުފެންނަ މި ފޮޓޯގައި ދީޕިކާ އާއި ރަންބީރު ފެނިގެން ދިއައީ ކައިވެނީގެ ހެދުމުގައި ޝެމްޕެއިންގ ތައްޓެއް ހިފައިގެން ހުއްޓައެވެ. މި ފޮޓޯ ނަގާފައި ވަނީ އެމީހުންގެ ކައިވެނީގެ ހަފްލާ އޮތް އިޓަލީގެ ލޭކް ކޮމޯ ގައިއެވެ.

މަސައްކަތުގެ ދާއިރާ އަށް ބަލާއިރު ދެން އެންމެ އަވަހަށް ދީޕިކާ ފެނިގެން ދާނީ ފިރިމީހާ ރަންވީރު ސިންގް އާއި އެކު ފިލްމް "83″ އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *