ޑާކާ ދަތުރުތައް މޯލްޑިވިއަނުން އަނެއްކާވެސް މެދުކަނޑާލައިފި

ޑާކާ ދަތުރުތައް މޯލްޑިވިއަނުން އަނެއްކާވެސް މެދުކަނޑާލައިފި

ބަންގްލަދޭޝްގައި ކޯވިޑް 19ގެ ހާލަތު ގޯސްވުމުގެ ސަބަބުން ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަނުން އެގައުމަށް ކުރާ ދަތުރުތައް އަނެއްކާ މެދުކަނޑާލައިފި އެވެ.

މޯލްޑިވިއަނުން ބަންގްލަދޭޝައް ކުރާ ދަތުރުތަށް ބާއްވަނީ އެގަމުގެ ވެރިރަށް ޑާކާއަށެވެ. އެގައުމުގައި ކޯވިޑް ފެތުރުން އިތުރުވާން ފެށުމާއިއެކު މިދިޔަ އޭޕްރީލްމަހުގެ ތެރޭގައިވެސް މޯލްޑިވިއަނުން ވަނީ އެޤައުމަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.

އެހެން ނަމަވެސް މިފަހަރު ދަތުރުތައް މެދުކަނޑާލާފައި ވަނީ ކޯވިޑް ކޮންޓްރޯލްކުރުމަށް އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުގެ ތެރެއިން ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން މަނާކުރުމާއި ގުޅިގެންނެވެ.

މޯލްޑިވިއަނުން ބުނީ މާދަމާއިން ފެށިގެން މޯލްޑިވިއަނުން ޑާކާއަށް ކުރަމުންގެންދާ ދަތުރުތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މާދަމާ ޑާކާއިން މާލެއަށް ކުރަން ނިންމާފައިވާ ދަތުރު މިއަދު މެންދުރުފަހު 2:25 އަށް އަވަސްކޮށްފައިވާ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ކޯވިޑް 19ގެ ސަބަބުން މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލުމަށްފަހު، އެންމެ ފުރަތަމަ ދަތުރުފެށި މަންޒިލަކީވެސް ޑާކާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *