އަންނަ ހަފްތާގެ ތިން ދުވަހު ބޭންތަކާއި އެމްއެމްއޭ ހުޅުވާނެ

އަންނަ ހަފްތާގެ ތިން ދުވަހު ބޭންތަކާއި އެމްއެމްއޭ ހުޅުވާނެ

ކޯވިޑް-19 އާއި ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅާފައިވަތީ ބޭންކުތައް ހުޅުވާ ދުވަސްތަކަށް ގެނައި ބަދަލުތައް އެމްއެމްއޭއިން އާންމުކޮށްފިއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާތީ އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިމަހުގެ 5ވަނަ ދުވަހުން ފެށިގެން 15ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހަފްތާގެ 2 ދުވަހުއެވެ. އެއީ ހޯމަ އަދި ބުދަ ދުވަހެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން މިއަދު ބުނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހަފްތާގެ 3 ދުވަހުކަމަށެވެ. އެގޮތުން އެއިދާރާއާއި ބޭންކުތަކުން ޚިދުމަތްދޭނީ ހޯމަ, އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެެވެ.

މި މުއްދަތުގައި އެމްއެމްއޭއިން ބޭންކިންގ ޚިދުމަތް ދޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *