ޑޮލަރުގެ އަގު 19 ރުފިޔާއަށް، އިޤްތިޞާދު އަނެއްކާވެސް ގޯސްހާލަތަކަށް

ޑޮލަރުގެ އަގު 19 ރުފިޔާއަށް، އިޤްތިޞާދު އަނެއްކާވެސް ގޯސްހާލަތަކަށް

ކޯވިޑް-19ގެ ހާލަތު މިސަރަހައްދުގެ ގިނަ ގައުމުތަކުގައި ގޯސްވެ، އިޤްތިޞާދަށް އަނެއްކާވެއް ގޯސް އަސަރުތަކެއް ވަނީ ކުރަން ފަށާފައެވެ. ރާއްޖޭގައި މިހާރު ޑޮލަރުގެ އަގު ވަނީ 19 ރުފިޔާއަށް އުފުލިފައެވެ.

ކޯވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވުމާއެކު ޑޮލަރުގެ އަގު 20ރ. އަށް އުފުލުމަށްފަހު ޑޮލަރުގެ އަގު 16:50ރ. އަށް ތިރިވިއެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޑޮލަރުގެ އަގު ވަނީ މަތިވާން ފަށާފައެވެ. މިހާރު މަނީ އެކްސްޗޭންޖު ކޮށްދޭ ތަންތަނުން ޑޮލަރު ވިއްކަނީ 18:50 އާއި 19ރ.އާ ދެމެދުގައެވެ.

ޑޮލަރުގެ ވިޔަފާރިކުރާ މީހުން ބުނެފައިވަނީ އަގު އަނެއްކާ ވެސް އުފުލެން ފެށީ މާކެޓުގައި ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެ، ޑޮލަރުގެ ސަޕްލައި ދަށްވުމުން ކަމަށެވެ. ރާއްޖޭގެ ޑޮލަރުގެ ސަޕްލައި ރަނގަޅުކުރަން މަރުކަޒީ ބޭންކުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު 150 މިލިއަން ޑޮލަރު ހޯދި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ހަމައަކަށް އަޅުވައި ޑޮލަރު ލިބޭ މިންވަރު އިތުރު ކުރުމުގެ ގޮތުން އެމްއެމްއޭއިން މިދިޔަ އަހަރު 600 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *