ބަހުސްގެ ތެރެއިން މެންބަރު ޒާކިރު ރިއަލް އެސްޓޭޓްގެ ބިލް ވީދާލައިފި

ބަހުސްގެ ތެރެއިން މެންބަރު ޒާކިރު ރިއަލް އެސްޓޭޓްގެ ބިލް ވީދާލައިފި

ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގެ ތެރެއިން، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު އެ ބިލް ވީދާލައިފިއެވެ.

އެ ބިލްގެ ބަހުސްގައި މެންދުރުފަހުގެ ދަންފަޅީގައި މެންބަރަށް ދިން ފުރުސަތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުތި ކަަށެވެ.

އެގޮތުން އެ ބިލަކީ ރަސްމާލޭން ބައެއް ބޭރުގެ ބަޔަކަށް ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެއްކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

ޒާކިރު ވިދާޅުވީ، ރަސްމާލެ ހިއްކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް މުޅި ހައްލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިްޔާ ވިދާޅުވިކަމަށެވެ. އަދި ރަސްމާލެ ބިލުން އެންމެ ވެލިފުކެއްވެސް ހިލޭވެސް އަދި ކުއްޔަށްވެސް، ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަަމށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ބަޖެޓުން އެއްމެ ލޯ ލާރިއެއްވެސް ހަަރަދު ނުކޮށް އެތަން ހިއްކާނެ ވާހަކަ ވެސް ވިދާޅުވުމަށްފަހު ރައްޔިތުންގެ ކުރިމަތީގައި، ރައީސް ޑރ. މުހައްމަދު މުއއިްޒު އިތުރުފުޅު ހައްދަވައި، ރަސްމާލެ ހިއްކަންދިޔަ ހަރަދުވެސް ނުލިބޭގޮތަށް ބޭރުގެ ބަޔަކަަށް އެތަން ދޭން ނިންމާފައިވާކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އަދި އެތަން ދޫކޮށްލަނީ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭގޮތަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިފަހުގެ ތާރީހުގައި އިސްތިއުމާރީ ބާރުތަކުން ގައުމުތަކަށް ސަވާރުވަނީ، އިގްތިސާދީ ގޮތުން ގައުމުގެ ހާލަތު ދަށްވެފައިވާ ވަގުތު ތަކުގެ ފައިދާ ނަގައިގެން ކަމަށެވެ. އެހެންކަމުން ރަސްމާލެ ޕްރޮޖެކްޓަކީ އެފަދަ ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެގޮތަށް ޒާކިރު ވާހަކަ ދައްކަވަނިކޮށް އަޑު ކެނޑުނެވެ. ބެލެވޭ ގޮތުގައި ވާހަކަ ދައްކަންދިން ފުރުސަތުގެ ވަގުތު ހަމަވީއެވެ. ނަމަވެސް ކޮޅަށް ހުންނަވައި އިތުރަށް ފުރުސަތު ހޯއްދެވުމަށް ކުރި މަސައްކަތުން ރިޔާސަތުން ދިން ފުރުސަތުގައި، އަނެއްކާ ވާހަކަ ދައްކަވން ފެއްޓެވިއެވެ.

ވިދާޅުވީ، ބިލަށް ވާހަކަ ދައްކަން އެ މެންބަރަށް ފުރުސަތު ނުދޭން މަސައްކަތް ކުރަމުންދާ ކަަަށެވެ. އެއާއެކު ބިލް ވިދާލާނީކަމަށް ވިދާޅުވެ ބިލްވީދާލެއްވިއެވެ.

އެ ކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރަށް އިންޒާރު ދެއްވިއެވެ.

މެންބަރު ކުރެއްވީ މަޖިލިސްގެ ގަވާއިދުގައި މަނާކަމެއް ކަމަށާއި، އަދި މަޖިލީހުގެ ގވާއިދާ ހިލާފް ނުވުމަށް މެންބަރަށް ދެންނެވިއެވެ.

އެއާއެކު މަޖިލިސް ރައީސް ވިދާޅުވީ، މައި ކަނޑާލެއްވީ، މެންބަރު ވާހަކަ ދައްކަވަން ދިން ވަގުތު ހަމަވުމުން ކަމަށާއި، ބިލް ވީދާލެއްވީ އެމްޑީޕީގެ ލީޖީ ލީޑަރުގެ އެދިވަޑައިގަތުމުގެ މަތިން ދިން އިތުރު ފުރުަތުގައި ވާހަކަ ދައްކަވަމުން ކަމަށެވެ.

ނަމަވެސް ޒާކިރު ވިދާޅުވީ، މަޖިލީހަށް އަންނަނީ ބަހުސް ކުރަން ކަމަށާއި، އެކަމަށް ރިޔސަތުް ފުރުސަތު ދެއްވަންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާމެދު އިއުތިރާޒު ކުރާކަން ނުވަތަ ނުރުހުން ފާޅުކުރާކަން މަޖިލީހަށް ދެއްކުމުގެ ގޮތުން އެއްވެސް ލިޔުމެއް ވީދާލުން ނުވަތަ އެއްލާލުމަކީ މަޖިިލިސް ޖަލްސާއެއްގައި ކުރުން ހުއްދަ ކަމެއްނޫނެވެ.

އެ ފަދަ މައްސަލަތަކަށް ގަވާއިދުގައި އޮންނަނީ ސުލޫކީ ފިޔަވަޅު އެޅުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *