އޭސީ ގަތް މައްސަލައިގައި އެމްޕީއެލްގެ ކުރީގެ ސީއީއޯއަށް ދައުވާކުރަނީ

އޭސީ ގަތް މައްސަލައިގައި އެމްޕީއެލްގެ ކުރީގެ ސީއީއޯއަށް ދައުވާކުރަނީ

ގަވާއިދާހިލާފަށް އެއާކޮންޑިޝަންތަކެއް ގަތް މައްސަލައިގައި އެމްޕީއެލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) މ. ރީފް ވިލާ މުހައްމަދު ޖުނައިދަށް ދަައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ، އެ މައްސަލައިގައި ޖިނަައިދު އަށް ދައުވާ ކުރަން ފޮނުވީ، 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އެއާކޮންޑިޝަން ޔުނިޓް އޭރު އެ ކުންފުނިން އަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދާ ހިލާފަށް އާންމުކޮށް އިއުލާންކުރުމެއްނެތި، އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ އަދި މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި ގަނެފައިވާ މައްސަލައިގަ އެވެ.

އެތަކެތި ގަނެފައިވަނީ މިލިޔަނަކަށްވުރެ ގިނަ ރުފިޔާއަށް ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީން ބުނީ ޖުނައިދުގެ އިތުރުން  އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައި އޭރު ހުރި މ.ހިލްއިންދަގާރޑެން  އަބްދުލްވައްހާބުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 16 ގައި ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅަން ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *