ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ

ފުވައްމުލަކު ސިޓީގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:18 ހާއިރެވެ.

އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *