ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުން ފަރުވާދެމުންދިޔަ އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 3 ގައި ތައުލީމު ހާސިލު ކުރަމުން ދިޔަ އެކުއްޖާ ނިޔާވީ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު ހިނގި އެ އެކްސިޑެންޓަށްފަހު ހުޅުމާލެ ހޮސްޕިޓަލަށާއި، އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް، ފަރުވާ ދެމުންދަނިކޮށެވެ. ކަށުނަމާދު ކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ހުޅުމާލޭ ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ހިނގި މި ހާދިސާގައި، ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެން މީހާއަށްވެސް އަނިޔާވެ، ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް މައްސަލަ ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *