ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ބިދޭސީ ނެޓްވޯކެއް އަތުލައިގެންފި 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު އެކައުންޓަށް

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ބިދޭސީ ނެޓްވޯކެއް އަތުލައިގެންފި 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު އެކައުންޓަށް

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ނެޓްވޯކެއް އަތުލައިގެންފި އެވެ.

މި ނެޓްވޯކް އަތުލައިގަތީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. މިއީ ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ފެށި އޮޕަރޭޝަނެކެވެ.

އަތުލައިގަތް ނެޓްވޯކްގައި ހިމެނެނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް އެއްކުރެވިފައިވާ މައުލޫމާތުން މި ތިން މީހުންގެ އެކައުންޓަށް މިދިޔަ ތިން އަހަރުތެރޭ މިލިއަން ޑޮލަރާއި އެތައް މިލިއަން ރުފިޔާއެއް ޖަމާކޮށް ދައުރުކޮށްފައިވާ ކަމަށެވެ.

* 54،429،550 މިލިއަން ރުފިޔާ

* 1،627،810 މިލިއަން ޑޮލަރު

ފުލުހުން ބުނީ މި މީހުންނަކީ ހުއްދަ ދީފައިވާ ދާއިރާއިން ބޭރުން، ބޭރު ފައިސާ ގަނެވިއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކަމަަށެވެ.

ރާއްޖޭގައި އަބަދުވެސް ޑޮލަރުގެ ކަޅު ބާޒާރެއް އޮވެ އެވެ. ނަމަވެސް މަދު ބަޔަކު ރާވައިގެން ކަޅު ބާޒާރު ފުޅާކޮށް ބޮޑު އަގުގައި ދަނީ ފައިސާ ވިއްކަމުންނެވެ. އެކަމުން އެ ބަޔަކު ދަނީ ބޮޑު މަންފާއެއް ހޯދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *