ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަނީ

ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އިން 8 އަށް ހުޅުވާލަން ނިންމައިފި އެވެ. ޕާޓީގެ ގައުމީ މަހާސިންތާ ނުވަތަ ކޮންގްރެސް ކުރިއަށްދާނީ އަންނަ މަހުގެ 15 އިން 18 އަށެވެ.

މި ކޮންގްރެސްގައި ނައިބު ރައީސްކަމުގެ 6 މަގާމަކަށާއި މެމްބަރުންގެ މަޖިލީހުގެ އިތުރުން އަންހެނުންނާއި ޒުވާނުންގެ ގޮފީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވާނެ އެވެ. މަގާމުތަކަށް ކުރިމަތިލުމުގެ އެންމެހައި ކަންކަން ހަމަޖެހިގެންދާނީ ހާއްސަ ޑިޖިޓަލް ޕޯޓަލަކާއި ކޯލް ސެންޓަރެއް މެދުވެރިކޮށް ކަމަށް ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވި އެވެ.

އެންމެ ވާދަވެރިކަން ބޮޑު ނައިބު ރައީސްކަމުގެ މަގާމަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މިފަހަރުގެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އަދި ނަމޫނާ ސިޔާސީ ހަރަކާތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *